Advertisement

އެމްޑީޕީން މިރޭ މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

20 Mar 2025
ޚަބަރު

އެމްޑީޕީގެ ސިލްސިލާ މުޒާހަރާތައް މެދުކަނޑާލައިފި

އިދިކޮޅު ޕާޓީ އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ކޮންމެ ރެއަކު ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތައް މިރެއިން ފެށިގެން މެދުކަނޑާލައިފިއެވެ. 

އެމްޑީޕީން މީގެ 12 ދުވަސްކުރިން ފެށި ސިލްސިލާ މުޒާހަރާތައް މެދު ކަނޑާލީ، ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް މާދަމާ ރެއިންފެށިގެން ފެށޭތީކަމުގައި އެޕާޓީން ވަނީ އިއުލާނުކޮށްފައެވެ. އަދި ރަމަޟާން މަސް ނިމުމާއެކު އަލުން ސިލްސިލާ މުޒާހަރާތައް ކުރިޔަށް ގެންދާނެ ކަމުގައިވެސް އެޕާޓީން މިރޭ ވަނީ އިޢުލާނުކޮށްފައެވެ.

އިދިކޮޅު އެމްޑީޕީން ފާއިތުވި 12 ރޭ މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރިޔަށް ގެންދިޔައިރު، މުޒާހަރާތަކުގެ އިސްސަފުގައު ހަރަކާތްތެރިވާ ފަރާތްތައް އަންނަނީ ފުލުހުންގެ އިދާރާއަށް ހާޟިރުކުރަމުންނެވެ.

އެމްޑީޕީގެ މުޒާހަރާތަކުގައި އަންނަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާލައި، ރާއްޖޭގެ އިޤުތިޞާދީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތައް ޑިސްކޮލިފައިކޮށް، މިސަރުކާރުން ބޭނުންވާ މީހުންނަށް ފްލެޓްތައ ބަހާލާފައިކަމަށް ބުނެ އެކަމާއި މެދުވެސް އަންނަނީ އަޑު އުފުލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.