Advertisement

ފޮޓޯ: އެމްޑީޕީ

26 Jun 2025
ޚަބަރު

އަހަރީ ދުވަހާ ގުޅިގެން އެމްޑީޕީން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން މާލެ އާއި އަތޮޅު ތެރޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބާއްވައިފިއެވެ

މާލޭގައި ދިދަ ނަގާފައި ވަނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ޗެއާޕާސަން ފައްޔާޟް އިސްމާއީލްގެ އިތުރުން، އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޤައުމީ މަޖިލީހުގެ މެމްބަރުން އަދި އެހެން އާންމު މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަރަކާތުގައި އެމްޑީޕީގެ ދިދަ ނަންގަވައި ދެއްވީ ޗެއާޕާސަން ފައްޔާޟް އެވެ. އަދި ދިވެހި ރާއްޖޭގެ ޤައުމީ ދިދަ ނަންގަވައި ދެއްވީ ޕާޓީގެ ރައީސް ޝާހިދު އެވެ.

އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެވެ. އެގޮތުން 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެ ޕާޓީ ރަޖިސްޓްރީ ކުރި ފަހުން، އެމްޑީޕީ އިން އަންނަނީ ރާއްޖޭގައި ސިޔާސީ ޙަރަކާތްތައް ހިންގަމުންނެވެ.

އެމްޑީޕީ އިން ވަނީ 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ. އެއީ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ދަށުން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެެވެ. އެ އިންތިޚާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ.

އޭގެ ފަހުން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ އިންތިޚާބު ކާމިޔާބު ކުރި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެމްޑީޕީއިން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.