Advertisement

ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން --

08 Mar 2025
ޚަބަރު

ރައީސުލްުޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާލައި މާލޭގައި މުޒާހަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި މާލޭގައި ރޭ މުޒާހަރާކޮށްފިއެވެ.

އެމްޑީޕީގެ ބައެއް އިސްބޭފުޅުންނާއި، އާއްމު ބައެއް މެމްބަރުން ވަނީ، ރޭ މާލޭގެ މަގުތަކަށް ނުކުމެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދީފައިވާ ފްލެޓްތައް އެތައް ބައެއްގެ އަތުން އަތުލާފައިވާތީ، އެކަމުގެ ކަންބޮޑުވުމާއި ނުރުހުންފާޅުކޮށްފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކޮށް އެކޯޓުގައި މަރުތަޅު އަޅުވާފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް އަޑު އުފުލާފައިވެއެވެ. ރޭ މުޒާހަރާކުރި މީހުން ވަނީ ރިޔާސީ ގަނޑުވަރު މުލީއާގެ ދޮށަށްވެސް އެއްވުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ސަލާމަތީ ޚިދުމަތްތަކުން ވަނީ، މުޒާހަރާގެ ބައިވެރިންނަށް ހުރަސްއަޅައި ހުއްޓުވާފައެވެ.

ކޮމެންޓް
ޓްރަންޕު
އެއްވެސްމައްސަލައެއްނެއް މިހާރުގެވެރިއަކީ ގައުމައްލިބުނުރަންގަޑެއްއިންޝާﷲ
08 Mar 2025
ބައިޑަން
އުފާވެރިހަބަރެއްއެހެނީ ޑރ މުއިޒްއަކީ ދިވެހިންނައްލިބުނު މާވަހަރެއް އިންޝާﷲ
08 Mar 2025
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.