Advertisement

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ތެރެއިން --- ފޮޓޯ: ނޫން.އެމްވީ

03 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން އެޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީ ގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި ޕްރައިމަރީގެ ވޯޓުލުން ކުރިޔަށްދާނީ މިއަދު ހެނދުނު، 9:00 އިން ފެށިގެން ހަވީރު 5:00އަށެވެ. މިއަދުގެ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ 40 ދާއިރާއަކަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅިގެންދާނެއެވެ. މި ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރާއިރު، 25325 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ބޭއްވުމަށް، މުޅި ރާއްޖޭގައި އެޕާޓީން ވަނީ، 132 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ، އޭގެ ތެރޭގައި ހިމެނެނީ، މާލޭގައި ވޯޓު ލުމަށް ބަހައްޓާފައިވާ، 27 ފޮއްޓާއި އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާފައިވާ 95 ވޯޓުފޮއްޓެވެ.

އެމްޑީޕީގެ ޕްރައިމަރީ 53 ދާއިރާއެއްގައި ނުބާއްވައެވެ. އޭގެ ތެރެއިން 5 ދާއިރާއަކީ އެއްވެސް ކެންޑިޑޭޓަކު ޕްރައިމަރީއަށް ކުރިމަތި ނުލައްވާ 5 ދާއިރާއާއި އެންމެ ކެންޑިޑޭޓެއް ކުރިމަތިލުމުގެ ސަބަބުން ޕްރައިމަރީ ނުބާއްވާ 48 ދާއިރާއެވެ. އެހެންވެ ޕްރައިމަރީއަކާއި ނުލައި އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޝައުޤުވެރިކަން ފާޅުކުރި 48 ބޭފުޅަކަށް ވަނީ މިހާރު، ޕާޓީގެ ޓިކެޓް ލިބިފައެވެ. އެމްޑީޕީން ބުނީ، މާރިޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބީ ހުރިހާ ދާއިރާއަކަށްވެސް އެޕާޓީގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.