Advertisement

އެމްޑީޕީގެ ޕްރައިމަރީއަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން --

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ އިތުރު ތިން ބޭފުޅަކަށް މަޖިލިސް ޓިކެޓް ކަށަވަރުވެއްޖެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ އިތުރު 3 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ ކަމުގައި އެޕާޓީން ބުނެފިއެވެ.

މިގޮތުން އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ޕްރައިމަރީ އަކާއި ނުލައި ޕާޓީގެ ޓިކެޓް ކަށަވަރުވި ތިން ބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ވަޙީދާއި، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބުދުއް ލަޠީފާއި، މާފަންނު އުތުރުދާއިިރާއަށް ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ، އިފްޙާމް ޙުސައިންއެވެ.

މީގެ އިތުރުން އެމްޑީޕީން ބުނެފައި ވަނީ، އެޕާޓީގެ ފަރާތުން 20 ވަަނަ ރައްޔިތުންގެ މަޖިލިސްއަށް ހއ. ކެލާ ދާއިރާއަށް ޝައުޤުވެރިކަންފާޅުކޮށްފައިވާ ކެންޑިޑޭޓް ނަންބަރު: 3 އަޙްމަދު ރިޝްވާން / ޢާލަމް ، ހއ. ދިއްދޫ ވަނީ ވޯޓު ކަރުދާސް ޕްރިންޓްކުރި ފަހުން އޭނާގެ ނަން އަނބުރާ ގެންގޮސްފައި ކަމަށވެެ. އެހެންވެ  ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި އޭނާގެ ނަމާއި ދިމާލަށް ފާހަގަޖަހާ ވޯޓުތައް ގުނޭނީ ބާޠިލް ވޯޓުގެ ގޮތުގައިކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.