Advertisement

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓު ގުނަނީ -- ފޮޓޯ: ނޫން.އެމްވީ

03 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީ ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ޑރ ޝަމްހީދު ކާމިޔާބު ކުރައްވައިފި

މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް އެދާއިރާއަށް ވާދަ ކުރައްވި ޑރ. އަޙްމަދު ޝަމްހީދު ކާމިޔާބު ކުރައްވައިފިއެވެ.

މިއިންތިޚާބުގައި އެދާއިރާގެ ވޯޓުލުން ކުރިޔަށް ގެންދިޔައީ، ހުޅުމާލެ ޤާސިމް ޕްރީ ސްކޫލުގައެވެ. ޑރ. ޝަމްހީދަށް 187 ވޯޓު ލިބުނު އިރު ދެން ވާދަކުރެއްވި ޙުސައިން ނަޒީފަށް ލިބިވަޑައިގަތީ 123 ވޯޓެވެ. 

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ ޓިކެޓް، ޑރ. އަޙްމަދު ޝަމްހީދު ކާމިޔާބު ކުރެއްވި އިރު، މިއަދު ދަ ޑިމޮކްރެޓްސްއިން ބޭއްވި ޕްރައިމަރީގައި އެދާއިރާގެ ޑިމޮކްރެޓްސްގެ ޓިކެޓް ކާމިޔާބު ކުރެއްވީ، ޙުސައިން ފިރުޝާންއެވެ.

އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާނެ ކެންޑިޑޭޓުން މިހާރު ވަނީ ޔަޤީންވެފައެވެ. އެދާއިރާއަށް ވާދަކުރައްވާނީ، އެމްޑީޕީން ޑރ. އަޙްމަދު ޝަމްހީދާއި، ދަ ޑިމޮކްރެޓްސްއިން ޙުސައިން ފިރުޝާން އާއި، ޖުމްހޫރީ ޕާޓީން އައިޝަތު ނަޙްލާގެ އިތުރުން ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ، މިއަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.