Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް --

04 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖީލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖީލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބުރައީސް އަޙްމަދު ސަލީމުގެ މައްޗަށް ސަރުކާރު ކޯލިޝަނުން ހުށައަޅާފައިވާ ޢިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ އިދާރާއިން އެދެބޭފުޅުންނަށް ފޮނުވައިފިއެވެ.

މަޖިލީހުގެ ރައީސާއި ނައިބުރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް އެބޭފުޅުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވާފައިވަނީ މިއަދުއެވެ.

މަޖިލީހުގެ ނައިބު ރައީސާއި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅިއްޖެނަމަ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން 14 ދުވަހުގެ ނޯޓިހެއް ދޭންޖެހޭނެއެވެ. އަދި 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވުމަށްފަހު އެންމެ އަވަހަށް އެޖެންޑާ ކުރާ ޖަލްސާއެއްގައި އެމައްސަލަކުރިޔަށް ގެންދަން ޖެހޭނެއެވެ.

މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް ޢިތުބާރުނެތްކަމުގެ މައްސަލަ ހުށައަޅުއްވާފައި ވަނީ، އެމްޑީޕގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަށް ވަޑައިގެން ފަހުން ޕާޓީ ބަދަލުކުރައްވައި ސަރުކާރު ހިންގާޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އެމައްސަލަ ހުށައެޅީ ސަރުކާރަށް ތާއީދު ކުރާ 23 މެމްބަރެއްގެ ސޮޔާއި އެކުގައެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރު ކޯލިޝަން މެމްބަރުން ހުށައެޅީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި، މަޖިލީހުގެ ރައީސް އަސްލަމް ޤާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅީ، އެކަމާއި މެދު ނައިބު ރައީސްގެ ހައިސިއްޔަތުން ސަލީމް އެއްވެސް ކަމެއް ކުރައްވާފައި ނުވާކަމަށް ބުނެއެވެ.

ސަރުކާރު ކޯލިޝަންގެ މެމްބަރުން މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަށް ހުށައެޅި ނަމަވެސް، އެފަރާތްތަކަށް އެވޯޓު ކާމިޔާބު  ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ. އެއީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސްއިން މަޖިލިސް ތެރޭގައި އެކުގައި މަސައްކަތް ކުރަން ފަށާފައިވާއިރު، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެ ދެޕާޓީއަށް އޮތީމައެވެ. މަޖިލީހުގައި 80 މެމްބަރުން ތިއްބެވި އިރު އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ އަދަދަކީ، 57 އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.