Advertisement

އެމްޑީޕީގެ ޗެއާޕާރސަން ފައްޔާޒް އިސްމާޢީލް --

02 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޑިމޮކްރެޓިކް ހަރަކާތް ސުލްހަވެރިކަމާ އަދި ފޯރީގައި ގެންދިއުމަށް އެމްޑީޕީ އޮތީ ތައްޔާރަށް: ފައްޔާޒް

 ޑިމޮކްރެޓިކް ހަރަކާތް ސުލްހަވެރިކަމާ އަދި ފޯރީގައި ގެންދިއުމަށް އެމްޑީޕީ އޮތީ ތައްޔާރަށް ކަމުގައި އެމްޑީޕީގެ ޗެއާޕާރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، މާދަމާ އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޕޯސްޓްގައެވެ.

އެމްޑީޕީގެ ޕްރައިމަރީ އަބަދުވެސް ވެފައި އޮންނަނީ، ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިޚާބަށެވެ. މާދަމާ މުޅި ރާއްޖޭގައި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުނެގުން ކުރިޔަށްދާނެއެވެ. މިޕްރައިމަރީގައި 149 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އެއީ 40 އިންތިޚާބީ ދާއިރާއަކަށް ވާދަކުރައްވާ ކެނޑިޑޭޓުން ކަމުގައިވެސް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާނީ، މާދަމާ ހެނދުނު 09:00 ން ހަވީރު 04:00 އަށް ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Sep 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އދ، މައި ހެޑްކުއަރޓަޒް ހުންނަ އެމެރިކާގެ ސިޓީ ނިއުޔޯކަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ނިއުޔޯކުން މަރުޚަބާ ވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޢަލީ ނަސީރު މުޙައްމަދެވެ.
20 Sep 2024
ޚަބަރު
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
20 Sep 2024
ޚަބަރު
އެންމެ ހެޔޮ އަމަލުގެ ތެރެއިން ފުރަތަަމަކަމަކީ މުސްލިމުންނަށް އުފާވެރިކަން ހޯދައިދިނުން: ހުކުރު ޚުޠުބާ
"އެންމެ މަންފާހުރި މީހާ" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، ރަޞޫލާގެ ޙަދީޘްފުޅުން ހާމަވާ ގޮތުގައި ހެޔޮ އަމަލުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް މާތް ނަބިއްޔާ ބަޔާންކޮށްދެއްވާފައި ވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށެވެ. އެގޮތުން އެންމެ އިސްކަން ދޭންޖެހޭނީ ތިމާގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި އަވައްޓެރީންނަށްކަންވެސް ނަބިއްޔާގެ ޙަދީޘުން އެނގޭ ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ.
20 Sep 2024
ޚަބަރު
އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭ އެއް އެޅުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
މިފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އާއި، އެކައުންސިލްގެ މެމްބަރު އަޙްމަދު ޞަބާޙްއެވެ. މިކަމަށްޓަކައި އެރަށުގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.