Advertisement

ރައީސް ޞާލިޙާއި އެމްޑީޕީގެ އިސްބޭފުޅުން --

04 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި އެކު މަޖިލިސްގެ ގޮނޑިތަށް ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ރައީސް ޞާލިޙް އެދިވަޑައިގެންފި

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި އެކު މަޖިލިސްގެ ގޮނޑިތަށް ކާމިޔާބު ކުރުމަށް، ޕްރައިމަރީގައި ވާދަކުރެއްވި އެހެން ބޭފުޅުންވެސް އެކުގައި މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނަށް މަރުޙަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓްގައެވެ.

ރައީސް ސާލިޙް ވަނީ އިއްޔެ ބޭއްވި، ޕްރައިމަރީ އޮމާންކޮށް ރާވައި ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި ޕާޓީގެ ހުރިހާ ބޭފުޅުންނަށާއި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ޝުކުރުއަދާކުރައްވާފައެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓް --

އިއްޔެ އެމްޑީޕީން ބާއްވާފައި ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެޕާޓީގެ ޓިކެޓް ދޭނެ ބޭފުޅުން ކަނޑައެޅުމުގެ ޕްރައިމަރީއެވެ. 40 ދާއިރާއެއްގެ ޕްރައިމަރީ އިއްޔެ ބޭއްވި އިރު، އެޕްރައިމަރީގައި 149 ކެނޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. އަދި މިއިންތިޚާބުގައި 25324 މީހުންނަށް ވޯޓު ލުމުގެ ޙައްޤު ލިބުނު އިރު، ވޯޓުލާފައި ވަނީ 16048 މީހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.