Advertisement

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ މެމްބަރު ޢަބުދުﷲ ޝާހިދު --

03 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީއަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތަޢާރަފުކުރި ފަޚުރުވެރި ޕާރޓީ: ޢަބުދުﷲ ޝާހިދު

އެމް ޑީ ޕީ އަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތަޢާރަފުކުރި ފަޚުރުވެރި ޕާރޓީކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި އެމްޑީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، މިއަދު ކުރިޔަށްދާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހެޔޮ އެދުންތައް ފޮނުއްވައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދު ވިދާޅުވީ، އެމްޑީޕީގެ ޙަޔާތުގައި، މިއަދަކީ އަނެެއްކާވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުގައި އައު އިސްނެގުމެއް އެ ޕާރޓީން ނެގި ދުވަހެެއް ކަމަށެވެ. މިގޮތުން އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ އެޕާރޓީގެ މެންބަރުންވޯޓުލާގޮތަށް, ސިޔާސީ ޕާޓީ އަކުން ރާއްޖޭގައި ބާއްވާ ފުރަތަމަ މަޖިލީސް ޕްރައިމަރީއަކީ، އެމްޑީޕީގެ ޕްރައިމަރީކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ބޭއްވުމަށް، މުޅި ރާއްޖޭގައި އެޕާޓީން ވަނީ، 132 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ، އޭގެ ތެރޭގައި ހިމެނެނީ، މާލޭގައި ވޯޓު ލުމަށް ބަހައްޓާފައިވާ، 27 ފޮއްޓާއި އަތޮޅުތަކުގައި ވޯޓުލުމަށް ބަހައްޓާފައިވާ 95 ވޯޓުފޮއްޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.