ރިޔާސީ އިންތިހާބު 2023
ޚަބަރު
06 Aug 2023

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފާރިޝް މައުމޫން ރިޔާސީ އިންތިޚާބަށް ނުކުންނަވައިފި

ޕީޕީއެމްއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެއްދެވުމުގައި ރައީސް މައުމޫނާއި ފާރިޝް މައުމޫނު މުހިއްމު ދައުރެއް އަދާކުރެއްވިއިރު، ނާޖާއިޒް ނުފޫޒާއ ބާރުގެ ބޭނުން ކުރައްވައިގެން ރައީސް ޔާމީނު ޕީޕީއެމްގެ ކޮންޓްރޯލް ނަންގަވައި، ޕީޕީއެމްއިން އެބޭފުޅުން ބޭރުކޮށްލެއްވުމުން، މައުމޫން ރިފޯމް މޫވްމެންޓްގެ ނަމުގައި، 2018ގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ހަރަކާތެއް ހިންގެވިއެވެ. އަދި ފަހުން މޯލްޑިވުސް ރިފޯމް މޫވްމެންޓްގެ ނަމުގައި، ސިިޔާސީޕާޓީއެއް އުފައްދަވައި އެޕާޓީގެ ރައީސެއްގެ ގޮތުން އެޕާޓީ ހިންގަވަމުން ގެންދެވީވެސް ފާރިޝް މައުމޫނެވެ. އެހެން ނަމަވެސް އެޕާޓީގައި 3000 މެމްބަރުން ހަމަނުވާތީ، އެޕާޓީ އުވާލަން ނިންމައި އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުން އިލެކްޝަންސް ކޮމިޝަނުން ވަނީ މަނާކޮށްފައެވެ.

ރިޔާސީ އިންތިހާބު 2023
05 Aug 2023
ޚަބަރު
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަ ބުދަ ދުވަހު
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރަން ބުދަ ދުވަހު ގުރުއަތުލުން އޮންނާނެ ކަމަށެވެ.
04 Aug 2023
ޚަބަރު
ރައީސް ޔާމީނުގެ ކެންޑިޑެންސީއާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް ސްޕްރީމްކޯޓުގައި ނިންމާލައިފި
މިމައްސަލަ ސްޕްރީމްކޯޓަށް ބަލައިގަނެ ޝަރީއަތުގެ އަޑުއެހުންތައް ފެށީ މިއަދު ހަވީރު 3:45 ގައެވެ. އެމައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިރޭގެ އެގާރަގަޑި ބައިވެ ބޮޑުވި ފަހުންނެވެ.  މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވަމުން، އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނު ވިދާޅުވީ، އިތުރު އަޑުއެހުމެއް ދެން ބާއްވާނީ، އެ މައްސަލައިގައި ފަނޑިޔާރުން އިތުރަށް ސާފުކުރަން ބޭނުންވާ ކަމެއް އޮތް ނަމަ ކަމަށެވެ.