Advertisement

06 Aug 2023
ޚަބަރު

އިންތިހާބުގައި ވާދަކުރާ 3 ކެނޑިޑޭޓެއްގެ ރަނިން މޭޓުން އިއުލާންކޮށްފި

ރިޔާސީ އިންތިހާބުގައި ވާދަކުރާ 3 ކެނޑިޑޭޓެއްގެ ރަނިންމޭޓުން އިއުލާންކޮށް ބައެއް ކެނޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ

ދަ ޑިމޮކްރަޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް، އިލްޔާސް ލަބީބްގެ ރަނިންގ މޭޓަކަށް ހަމަޖައްސާފައިވަނީ ހުސެއިން އަމްރުއެވެ. އިލްޔާސްގެ ރަނިންގ މޭޓަކަށް އަމްރު ހަމަޖައްސެއްވިކަން އިއުލާންކުރެއްވީ މިއަދުއެވެ. ދަ ޑިމޮކްރެޓްސްއިން ބުނީ ކެނޑިޑެސީ ފޯމު މެންދުރުފަހު 1 ޖަހާއިރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާނެކަމަށެވެ.

ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް އިއުލާންކޮށްފައިވަނީ ޑރ. އަމީން އިބްރާހިމް އެވެ. ޤާސިމްގެ ރަނިންމެޓް އިއުލާންކުރެއްވީ މިއަދު އެޕާޓީގެ އޮފީހުގައި ކުރިއަށްދިޔަ ޕްރެސްކޮންފަރެންސްގައި ޤާސިމް އިބްރާހީމެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް ކެންޑިޑަސީ ފޯމް އިލްކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ހުށައަޅާފައެވެ. ނާޒިމްގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެޑައިގަންނަވާ ޑރ. އަހްމަދު އަދީލް ނަސީރުއެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާފައެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ ނާޒިމްއެވެ. އެ ފޯމާއި އީސީން ހަވާލެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި މަދަމާ 14:00އަށް ހަމަވާނެއެވެ

އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންމޭޓްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. ރައީސްގެ ފޯމުވެސް މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.