އިންތިހާބުގައި ވާދަކުރާ 3 ކެނޑިޑޭޓެއްގެ ރަނިން މޭޓުން އިއުލާންކޮށްފި
ދަ ޑިމޮކްރަޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް، އިލްޔާސް ލަބީބްގެ ރަނިންގ މޭޓަކަށް ހަމަޖައްސާފައިވަނީ ހުސެއިން އަމްރުއެވެ. އިލްޔާސްގެ ރަނިންގ މޭޓަކަށް އަމްރު ހަމަޖައްސެއްވިކަން އިއުލާންކުރެއްވީ މިއަދުއެވެ. ދަ ޑިމޮކްރެޓްސްއިން ބުނީ ކެނޑިޑެސީ ފޯމު މެންދުރުފަހު 1 ޖަހާއިރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާނެކަމަށެވެ. ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް އިއުލާންކޮށްފައިވަނީ ޑރ.މަޙްމޫދު ޝަޢުޤީއެވެ. ޤާސިމްގެ ރަނިންމެޓް އިއުލާންކުރެއްވީ މިއަދު އެޕާޓީގެ އޮފީހުގައި ކުރިއަށްދިޔަ ޕްރެސްކޮންފަރެންސްގައި ޤާސިމް އިބްރާހީމެވެ.