Advertisement

ފާރިޝް މައުމޫން --

06 Aug 2023
ޚަބަރު

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފާރިޝް މައުމޫން ރިޔާސީ އިންތިޚާބަށް ނުކުންނަވައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެ ކަމުގައި، ފާރިޝް މައުމޫން އިޢުލާނުކުރައްވައިފިއެވެ.

ފާރިޝް މައުމޫނު އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާނެކަން ޢިއުލާނުކުރެއްވީ، މިއަދު ހަވީރު އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ފާރިޝް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ނުކުންނެވީ، ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ކަންކަން އިސްލާޙް ކުރެއްވުމުގެ މާތް މަޤުޞަދުގައި ކަމަށެވެ.

ފާރިޝް މައުމޫނު ރިޔާސީ އިންތިޚާބަށް ނުކުންނަވާކަން އިޢުލާނު ކުރެއްވި އިރު، މިއަދު ސްޕްރީމްކޯޓުން ވަނީ، ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ޝަރުޠު ހަމަނުވާ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތީ ރަނގަޅަށް ކަމަށް ކަނޑައަޅާފައެވެ.

ޕީޕީއެމްއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެއްދެވުމުގައި ރައީސް މައުމޫނާއި ފާރިޝް މައުމޫނު މުހިއްމު ދައުރެއް އަދާކުރެއްވިއިރު، ނާޖާއިޒް ނުފޫޒާއ ބާރުގެ ބޭނުން ކުރައްވައިގެން ރައީސް ޔާމީނު ޕީޕީއެމްގެ ކޮންޓްރޯލް ނަންގަވައި، ޕީޕީއެމްއިން އެބޭފުޅުން ބޭރުކޮށްލެއްވުމުން، މައުމޫން ރިފޯމް މޫވްމެންޓްގެ ނަމުގައި، 2018ގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ހަރަކާތެއް ހިންގެވިއެވެ. އަދި ފަހުން މޯލްޑިވުސް ރިފޯމް މޫވްމެންޓްގެ ނަމުގައި، ސިިޔާސީޕާޓީއެއް އުފައްދަވައި އެޕާޓީގެ ރައީސެއްގެ ގޮތުން އެޕާޓީ ހިންގަވަމުން ގެންދެވީވެސް ފާރިޝް މައުމޫނެވެ. އެހެން ނަމަވެސް އެޕާޓީގައި 3000 މެމްބަރުން ހަމަނުވާތީ، އެޕާޓީ އުވާލަން ނިންމައި އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުން އިލެކްޝަންސް ކޮމިޝަނުން ވަނީ މަނާކޮށްފައެވެ.

ރިޔާސީ އިންތިޚާބުގައި ފާރިޝް މައުމޫނު ވާދަކުރައްވާއިރު، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވައި ފާރިޝްމައުމޫނަށް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބާއެވެ. އެހެން ނަމަވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ބާކީ އޮތް މުއްދަތުގައި ފާރިޝް މަޖިލީހުގެ މެމްބަރުކަން ކުރައްވިއެވެ.

ޕީޕީއެމްގައި އަދިވެސް ރައީސް މައުމޫނުގެ ސަޕޯޓަރުންނާއި، އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތައް ތިބި އިރު، ރިޔާސީ އިންތިޚާބަށް ފާރިޝް މައުމޫނުގެ އިތުރުން، ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޢިއްޒާއި އަދި، ޕީޕީއެމްއިން ނެރޭ ކެންޑިޑޭޓަކު ވާދަކޮށްފިނަމަ ޕީޕީއެމްގެ މެމްބަރުންގެ ވޯޓުތައް ބެހިގެންދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.