ރިޔާސީ އިންތިހާބު 2023
15 Aug 2023
ޚަބަރު
ވޯޓުފޮށީގައި މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި
ރިޔާސީ އިންތިޚާބުގައި ވޯޓުލާންޖެހޭ ފޮށީގައި އެއްވެސް މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ.
14 Aug 2023
ޚަބަރު
މިލަދުންމަޑުލަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އެނބުރި މާލެ ވަޑައިގެންފައި ވަނީ މިއަދުގެ މެންދުރު ފަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ، ނ އަތޮޅަށް ކުރެއްވި މިކެމްޕޭންދަތުރުގައި ވަނީ އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އަދި އެރަށްރަށުގެ ރައްޔިތުންނާއި އެކު ބަނދަރު ބައްދަލުވުންތައް ބާއްވަވާފައި ވާއިރު، އެމްޑީޕިއާ އެމްޑީއޭގެ ކެމްޕޭން ޖަހަތައް ހުޅުއްވައިދެއްވާފައިވެއެވެ.
13 Aug 2023
ޚަބަރު
"އައު ޒުވާނުންގެ ޖީލު" އާއިއެކު ރައީސް އިބޫ ޒުވާނުން ހެއްވާލައިފި!
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއްގައި ޒުވާނުންނަށް ހާއްސަކޮށް ގެންގުޅުއްވާނެ ސިޔާސަތުތައް ރޭ އާންމުކޮށްފިއެވެ. މިއީ ފާއިތުވި ފަސް އަހަރު ކޮށްފައިވާ ކަންތައްތަކަށް ބިނާކޮށް، އިތުރަށް ކަންތައްތައް ފުރިހަމަކުރުމަށް ޒުވާނުންގެ ބައިވެރިވުމާ އެކު އެކުލަވާލި ސިޔާސަތުތަކެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
13 Aug 2023
ޚަބަރު
މީހުން މަދުވެގެން ބާތިލްކުރި ފޮށިތަކުގެ މީހުންނަށް ރަޖިސްޓްރީ ކުރުމަށް އިތުރު ފުރުސަތެއް
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވީ މީހުން މަދުވުން، ވޯޓު ފޮށި ނުބަހައްޓަން ނިންމި ތަންތަނުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އަލުން ރަޖިސްޓްރީވުމަށް ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
11 Aug 2023
ޚަބަރު
ހުރިހައި ކެނޑިޑޭޓުންނަށްވެސް ކެންޕެއިން ކުރުމުގެ ފުރުސަތު ދީފައިވާނެ: ރައީސް
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހައި ކެނޑިޑޭޓުންނަށްވެސް ކެމްޕޭން ކުރުމުގެ ފުރުސަތު، ދީފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
10 Aug 2023
ޚަބަރު
ކޮނޑޭ ކައުންސިލްގެ އައު އިމާރާތް އަދި އައު އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު އުތުރުބުރީ، ކޮނޑޭ ކައުންސިލްގެ އައު ޢިމާރާތާއި، ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
10 Aug 2023
ޚަބަރު
ގެމަނަފުއްޓަށް އުފާވެރި ދުވަހެއް، 4 މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފި
ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ފެނަކަ އޮފީހާއި އެރަށު ސްކޫލުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް އިމާރާތް ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.
09 Aug 2023
ޚަބަރު
ރައީސް އިބޫގެ މެނިފެސްޓޯގައި އެޑިއުކޭޝަނަލް ޓޫރިޒަމް ތައާރަފްކުރަނީ
ރާއްޖެއަށް އެޑިއުކޭޝަނަލް ޓޫރިޒަމް ތައާރަފުކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ. ރައީސް ވިދާޅުވެފައިވަނީ މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތަކީ އެޑިއުކޭޝަނަލް ޓުއަރިޒަމަށް ފަހިވާ ގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތަކަށް ހަދާނެ ކަމަށެވެ. އަދި މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މުޅި ދުނިޔެއަށް ހުޅުވާލެވިގެން ކޯސްތަކާއި ސްކޮލަޝިޕްތައް ހުރިހާ ޒުވާނުންނަށް ފަހިކޮށްދޭނެ ކަމަށެވެ.
08 Aug 2023
ޚަބަރު
މިފަހަރުގެ ރިޔާސީ އިންތިޚާބުން ފެންނަނީ، ރާއްޖެ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަތަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2008 ވަނަ އަހަރާއި 2013 ވަނަ އަހަރާއި، 2018 ވަނަ އަހަރު އިންތިޚާބުގައި ނުކުތީ އޭރު ވެރިކަމުގެ ހުރިމީހާ ބަދަލުކުރުމަށް ކަމަށެވެ. އަދި އެކަމުގައި އޭރު އިދިކޮޅު ހުރިހާ ފަރާތްތައް އެއްގަލަކަށް އެރިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
08 Aug 2023
ޚަބަރު
ރަތަފަންދޫގެ ބިމުގެ ދަތިކަމަށް ހޯދައިދެއްވާނެ ޙައްލަކީ ރަތަފަންދޫއާ ކެރައްދޫ ގުޅާލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރަތަފަންދޫ ރައްޔިތުންނާއި ކައުންސިލުންވެެސް ފާހަގަކުރާ އެންމެ ބޮޑު ދަތިކަމަކީ، އެރަށުގެ ބިންފުރިފައިވުމެވެ. އަދި އެރަށާއި އެއްފަޅެއްގައި ދާދި ގާތުގައި އޮތް ކެރައްދޫއަކީ ގުދުރަތީ ބިންކަމުގައިވުމުން ދެރަށް ގުޅާލުމަކީ، ރަތަފަންދޫގެ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބުވެވަޑަިއގެންފިނަމަ ރަތަފަންދޫގެ ރައްޔިތުން އެދޭ ގޮތަށް އެކަން ކޮށްދޭނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކުފާނު ރަތަފަންދޫގެ ތަރައްޤީއަށް ކޮށްދެއްވުމަށް ހުށައެޅުއްވި ކަންކަމުގެ ތެރޭގައި، އެރަށުގެ ބޮޑެތި މަގުތައް ތާރުއަޅައި ޒަަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އައު ސިއްޙީމަރުކަޒެއް ބިނާކުރުމާއި، ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު އެޅުމާއި، ޒުވާނުންގެ މަރުކަޒެއް އެޅުން ހިމެނެއެވެ.
08 Aug 2023
ޚަބަރު
މަޑަވެލީގައި ކެމްޕޭނަށް ހުރަސްއެޅުމުގެ ގޮތުން ހިންގި ޢަމަލުތައް އެމްޑީޕީން ކުއްވެރިކޮށްފި
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ކެމްޕެއިން ކުރުމުގެ ހައްގަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް އެއްވެސް ބިރުވެރިކަމެއްނެތި، މިނިވަންކަމާއެކީ ކުރެވެންޖެހޭނެ ކަމެއްކަމަށް އެޕާޓީން ދެކޭ ކަމަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިނެއް ކުރިއަށްދާ ވަގުތު އެ ކެމްޕެއިނަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ހަރަކާތެއް ހިންގުމަކީ އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ ދަށުން މަނާކަމެއްކަމުން، މިފަދަ ކަންކަމުން ވާދަވެރި އެހެން ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން ހުއްޓައިލުމަށާއި، އެ ބައެއްގެ ކެންޑިޑޭޓުގެ ކެމްޕެއިން މަސައްކަތައިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރާކަމަށް އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
08 Aug 2023
ޚަބަރު
ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ހަވީރު
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ހަވީރު ބޭއްވުމަށް އިލެކްޝަނަސް ކޮމިޝަނުން ނިންމަވައިފިއެވެ.
07 Aug 2023
ޚަބަރު
މުއިއްޒުއާއި ގާސިމްގެ ފޯމު އީސީއަށް ހުށައަޅައިފި
މުއިއްޒުއާއި ގާސިމްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
07 Aug 2023
ކީއްވެ އިބޫ؟
ރަށްތައް ތަރައްގީ ކުރައްވަނީ އެރަށެއްގެ ރައްޔިތުންގެ އަޑު އައްސަވައިގެން
މިސަރުކާރަކީ ރާއްޖޭގެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ ގެންދިއުމުގާ ވަރަށް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއި ވިސްނުމާ އިޙްސާސްތައް އެކުލެވިގެން ހިނގަމުންދާ ސަރުކާރެއްގެ ގޮތުގައި މެމްބަރު އަޙްމަދު ޢަބްދުالله ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ ރައީސުންގެ ތެރެއިން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އެންމެ ތަފާތު އެއް ސިފަފުޅަކީ އަޑުއެއްސެވުން ކަމުގައިވެސް ވިދާޅުވިއެވެ.
07 Aug 2023
ޚަބަރު
ރައީސް ޞާލިޙްގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި
އެކޮމިޝަނުގެ ރައީސް އިސްމާޢީލް ޙަބީބު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ވަނީ ރޭ ވަނީ ޤަބޫލު ކުރައްވާފައިވާ ކަމަށެވެ.
07 Aug 2023
ޚަބަރު
އެންމެފަހު ވަގުތަށް ކެންޑިޑެންސީ ހުށައެޅުން ލަސްނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އެދިވަޑައިގެންފި
ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނުން، ޖުލައި 23 ގައި ހުޅުވާލި ފުރުޞަތު އޮތީ، މިއަދުުގެ 14:00އަށް ހަމަވާނެ ކަމަށެވެ. އަދި މިހާތަނަށް ކޮމިޝަނަށް ހުށައަޅާފައި ވަނީ، 4 ފަރާތަކުން ފާހަގަކުރައްވައި ޙަބީބު ވިދާޅުވީ، އެންމެ ފަހު ވަގުތަށް މަޑުކުރައްވައިފިނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ޙާލަތެއް ދިމާވެއްޖެ ހިނދެއްގައި، މިއަދުގެ 14:00 ގެ ފަހުން، އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީ، ވަގުތު އޮއްވައި އެޕްލިކޭޝަންތައް ހުށައެޅުއްވުމަށް އެދޭ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ކުރިން، ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރެއްވުނުތޯ ޗެކް ލިސްޓާ އަޅާ ކިޔުއްވުން ވަރަށް މުހިންމު ކަމުގައިވެސް ޙަބީބު ވިދާޅުވިއެވެ.