Advertisement

07 Aug 2023
ކީއްވެ އިބޫ؟

ރަށްތައް ތަރައްގީ ކުރައްވަނީ އެރަށެއްގެ ރައްޔިތުންގެ އަޑު އައްސަވައިގެން

ކީއްވެ އިބޫ؟

މިހިނގާ ރިޔާސީ ދައުރުގެ 5 އަހަރަކީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާއިއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެން ދިޔަ 5 އަހަރުކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙްމަދު ޢަބްދުالله ވިދާޅުވެއްޖެއެވެ. މެމްބަރު އަޙްމަދު ޢަބްދުالله މިހެން ވިދާޅުވީ "ނޫން"އަށް ދެއްވި ޙާއްޞަ އިންޓަވިއުއެއްގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ސިފަ ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

މިސަރުކާރަކީ ރާއްޖޭގެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ ގެންދިއުމުގާ ވަރަށް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއި ވިސްނުމާ އިޙްސާސްތައް އެކުލެވިގެން ހިނގަމުންދާ ސަރުކާރެއްގެ ގޮތުގައި މެމްބަރު އަޙްމަދު ޢަބްދުالله ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ ރައީސުންގެ ތެރެއިން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އެންމެ ތަފާތު އެއް ސިފަފުޅަކީ އަޑުއެއްސެވުން ކަމުގައިވެސް ވިދާޅުވިއެވެ

މިހެން ވިދާޅުވެ މެމްބަރު އަޙްމަދު ޢަބްދުالله ފާހަގަކުރެއްވި ގޮތުގައި ރައީސް ޞާލިޙަކީ އެހެން ބޭފުޅުން ވާހަކަ ދައްކަވާއިރު އަޑުއެއްސެވުމުގެ އިތުރުން ރަނގަޅު ގޮތްތަކަށް އިޖާބަދެއްވާ ބޭފުޅެއްކަމުގައެވެ. އަދި ރައްޔިތުންގެ ތެރެއިން އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ކަންކަމުގައި ބޭނުންވާ ގޮތް ހުށައެޅުމުން އެގޮތަކަށް ކަންކަން ގެންދިއުމުގެ ފުރުޞަތު އެހެން ސަރުކާރުތަކުގައި ކުޑަކަމާއި މިއީ މެމްބަރު އަޙްމަދު ޢަބްދުالله އަށް ވަރަށް ކައިރިން ފެނިފައިވާ މަންޒަރުތަކެއްކަމަށް ވެސް ފާހަގަކުރެއްވިއެވެ

މީގެ އިތުރުންވެސް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މިވެރިކަމުގައި ރަށްރަށުގެ ތަރައްޤީއަށްޓަކައި އެރަށަކުން އެދޭ ގޮތަށް އެރަށެއް ތަރައްގީ ކުރުމުގައި މަސައްކަތް ކުރުމަކީ ވެސް ރައްޔިތުންނަށް ލިބިގެންދާ ހިތްހަމަޖެހުމެއްކަމަށާއި އެއީ ރައްޔިތުން ޤަބޫލުކޮށް ބަލައިގަންނަ ކަމެއްކަމުގައި މެމްބަރު އަޙްމަދު ޢަބްދުالله ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މެމްބަރު އަޙްމަދު ޢަބްދުالله އިތުރަށް ފާހަގަކުރެއްވީ ރަށެއްގެ އާބާދީގެ ނިސްބަތަށް ބެލުމެއްނެތި ކޮންމެ ރަށަކަށްވެސް ބޭނުންވާ ތަރައްޤީ އާއި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ފަދަ އަސާސީ ޚިދުމަތްތަކާ ބަނދަރު ހެދުމުގެ މަސައްކަތްތަކަށް ޙާއްޞަ އިސްކަމެއް ދީގެން ރަށްތައް ތަރައްޤީ ކުރައްވަމުން ގެންދަވާ ގެންދެވުމަކީ ރާއްޖޭގެ ތާރީޚުގައިވެސް މިފަދަ ގޮތަކަށް ކަންހިނގާ ދާ ފުރަތަމަ ފަހަރުކަމަށެވެ

މީގެ ކުރީގެ ސަރުކާރުތަކުގައި ބޮޑެތި ރަށްތަކަށް މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށްފަހު ކުދި އާބާދީގެ ރަށްތަކަށް އަޅާނުލާ ދޫކޮށްލެވިފައިވާކަންވެސް މެމްބަރު އަޙްމަދު ޢަބްދުالله ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ނިމުމެއް ގެނެސްދެއްވިކަމީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގަ ފެނުނު ވަރަށް ބޮޑު ބަދަލެއްކަމަށާ މިވެރިކަމަކީ އެންމެން ބައިވެރިކޮށްގެން އެއްކޮށް ކުރާ ވެރިކަމެއްގެ ގޮތުގައި ވެސް ސިފަކުރެއްވިއެވެ

ރާއްޖޭގެ ތަރައްޤީއަށް ފަށާފައިވާ ކަންކަން ރައްޔިތުންނަށް ފައިދާ ކުރަނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ވެރިއަކަށް 5 އަހަރަކީ އެކަށީގެންވާ މުއްދަތެއް ނޫންކަމަށާއި ކޮވިޑް-19 ގެ ސަބަބުން ކަންކަން ތަންފީޒުކުރުމުގަޔާ ޕްރޮޖެކްޓްތަށް ހިންގުމުގައި 2 އަހަރެއްހާ ދުވަސް ގެއްލިގެން ދިޔަނަމަވެސް ރައްޔިތުން އެދޭ ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއް ފެށި ހިނގަމުން ދާކަމާއި ރާއްޖެ އެދޭ ތަރައްޤީއާއި ރައްޔިތުންނަށް އަމާން ރާއްޖެއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރިކަމަށް ވިދާޅުވިއެވެ. އެހެންކަމުން މެމްބަރު އަޙްމަދު ޢަބްދުالله ޤަބޫލުކުރައްވާ ގޮތުގައި އެހެން ސިޔާސަތަކާއި އެކު މިކަންކަން ހިނގައްޖެނަމަ އަމާން ރާއްޖެއެއް ހޯދާ ދެމެހެއްޓުމަށްޓަކައި ކުރެވެމުން އައި މަސައްކަތްތަކަށް ހުރަސްތަކެއް އޮތުމުގެ ފުރުޞަތު ބޮޑުކަމަށް ދެންނެވިއެވެ

މިއިންޓަވިއު ނިންމާލަމުން މެމްބަރު އަޙްމަދު ޢަބްދުالله ވިދާޅުވީ ރާއްޖެއާއި ރާއްޖޭގެ ކުދި ބޮޑު އާބާދީއަށް ކުރިއަށް އޮތްތަނުގައި ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ވެރިކަމަށް ހޮވިވަޑައިގަތުންކަމުގައެވެ. މީގެ ސަބަބަކީ އަޅުގަނޑުމެން ރައްޔިތުން އެދޭ ތަރައްޤީގެ ދުވެލި އަނެއް ހަރުފަތަށް ގެންދިއުމަށާ އާމްދަނީގެ ކުރިއެރުން އިތުރުވެ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދާދެވޭނެކަމަށް މެމްބަރު އަޙްމަދު ޢަބްދުالله ޤަބޫލުކުރައްވާތީކަމަށް ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް ވެސް ވިދާޅުވިއެވެ

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.