Advertisement

ގދ. ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅުދައްކަވަނީ ....

08 Aug 2023
ޚަބަރު

މިފަހަރުގެ ރިޔާސީ އިންތިޚާބުން ފެންނަނީ، ރާއްޖެ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަތަން: ރައީސް

މިފަހަރުގެ ރިޔާސީ އިންތިޚާބުން ފެންނަ އެއް މަންޒަރަކީ، ރާއްޖެ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަ މަންޒަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން، ގދ ގައްދޫގައި މިރޭ ބޭއްވި ޖަލްސާަގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރީގެ އިންތިޚާބުތަކާއި މިއިންތިޚާބުން ފެންނަ ތަފާތުތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2008 ވަނަ އަހަރާއި 2013 ވަނަ އަހަރާއި، 2018 ވަނަ އަހަރު އިންތިޚާބުގައި ނުކުތީ އޭރު ވެރިކަމުގެ ހުރިމީހާ ބަދަލުކުރުމަށް ކަމަށެވެ. އަދި އެކަމުގައި އޭރު އިދިކޮޅު ހުރިހާ ފަރާތްތައް އެއްގަލަކަށް އެރިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ޞާލިޙް ވިދާޅުވީ، މިއަހަރު އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ތަފާތަކީ، ވެރިކަމުގައި ހުރި މީހާ ގޯސްވެގެން ނޫޅޭ މަންޒަރުކަމަށެވެ. އަދި މިއަދު ލީޑަރުން މަސައްކަތް ކުރައްވަމުން އެގެންދަވަނީ އެބޭފުޅަކަށް ވެރިކަން ހޯދުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް މިފަހަރު، 5 ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓުންނާއި މިނިވަން 3 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ކުރީގެ ދައުރުތަކާއި މިދައުރުގައި ފެނިގެން ދިޔަ ތަފާތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.