Advertisement

09 Aug 2023
ޚަބަރު

ރައީސް އިބޫގެ މެނިފެސްޓޯގައި އެޑިއުކޭޝަނަލް ޓޫރިޒަމް ތައާރަފްކުރަނީ

ރާއްޖެއަށް އެޑިއުކޭޝަނަލް ޓޫރިޒަމް ތައާރަފުކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ.

ރައީސް ހުވަދުއަށް ކުރައްވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހެނދުނު ގދ. ވާދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މަތީ ތައުލީމަކީ އަންނަ ދައުރުގައި އެންމެ އިސްކަންދެއްވާނެ އެއް ދާއިރާ ކަމަށެވެ. އަދި އެ ދާއިރާ ކުރިއަރުވަން އެމްޑީޕީގެ މެނިފެސްޓޯގައި މިފަހަރު ވަރަށް ގިނަ ކަންކަން ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައިވަނީ މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތަކީ އެޑިއުކޭޝަނަލް ޓުއަރިޒަމަށް ފަހިވާ ގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތަކަށް ހަދާނެ ކަމަށެވެ. އަދި މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މުޅި ދުނިޔެއަށް ހުޅުވާލެވިގެން ކޯސްތަކާއި ސްކޮލަޝިޕްތައް ހުރިހާ ޒުވާނުންނަށް ފަހިކޮށްދޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ކުދިން ކިޔަވަން ރާއްޖެއައުމަށް ބާރުއެޅުމުގެ ގޮތުން ސްޓޫޑަންޓް ވިސާ ވެސް ތައާރަފު ކުރާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން އެމްޑީޕީގެ މެނިފެސްޓޯގައި މަތީ ތައުލީމުގެ ދާއިރާއިން ހުރި ބައެއް ކަންކަމަށް ބަލާލާއިރު ތައުލީމާއި ތަމްރީނުގެ ދާއިރާއަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މީހުން ބަލައިގަންނަ ދާއިރާއަކަށް ހެދުމާއި، ޓޫރިޒަމް ސިނާއަތުގައި ދިވެހި މަސައްކަތްތެރިން އިސް ސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތައުލީމު ފޯރުކޮށްދިނުމާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމްކުރުން ހިމެނެއެވެ. މީގެއިތުރުން ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް ސެޓްފިކެޓް 1 އިން ފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމާއި، ރާއްޖެއަކީ އޯޝަން-ބޭސްޑް ސައިންސްގެ ދާއިރާއިން ދިރާސާކުރުމަށް މަގުބޫލު ގައުމަކަށް ހެދުމަށް ވަނީ ހިމަނާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.