Advertisement

ފޮޓޯ: ކެންޕެއިން ޓީމު

13 Aug 2023
ޚަބަރު

"އައު ޒުވާނުންގެ ޖީލު" އާއިއެކު ރައީސް އިބޫ ޒުވާނުން ހެއްވާލައިފި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއްގައި ޒުވާނުންނަށް ހާއްސަކޮށް ގެންގުޅުއްވާނެ ސިޔާސަތުތައް ރޭ އާންމުކޮށްފިއެވެ. "ޒުވާނުންގެ އައު ޖީލު" އިފްތިތާހުކޮށްދެއްވީ ނ. ވެލިދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ.

މިއީ ފާއިތުވި ފަސް އަހަރު ކޮށްފައިވާ ކަންތައްތަކަށް ބިނާކޮށް، އިތުރަށް ކަންތައްތައް ފުރިހަމަކުރުމަށް ޒުވާނުންގެ ބައިވެރިވުމާ އެކު އެކުލަވާލި ސިޔާސަތުތަކެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

'އާ ޒުވާނުންގެ ޖީލު' ސިޔާސަތު ބެހިގެންވަނީ 8 ބަޔަކަށެވެ. އޭގެތެރޭގައި ހިމެނީ:

ޒުވާން ވިޔަފާރިވެރިޔާ

ޒުވާނުންގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުން.

ޔޫތު އިނޮވޭޝަން ލެބް އަދި ޔޫތު އޮންޓަޕްރިނިއަޝިޕް އިންކިއުބޭޓާސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުން.

ޒުވާނުންނަށް ހާއްސަ ސްޓާޓްއަޕް ލޯނު، އިކިއުޓީ ފައިނޭންސިން އަދި މައިކްރޮފައިނޭންސިން ލޯނު ތައާރަފްކުރުން.

ޖޮބް ސެންޓަރު ފުޅާކޮށް، ޒުވާނުންނަށް ހާއްސަކޮށް ކެރިއާ ގައިޑެންސް ސެޝަންތަކާއި ޖޮބް ފެއާތައް ބާއްވައި ޒުވާނުން އާމްދަނީ ހޯދުމަށް ހުރި ފުރުސަތުތަކަށް އަހުލުވެރިކުރުން.

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން، ވަޒީފާ ނެތް މީހުންނަށް އެލަވެންސް ދޭން ފެށުން.

ދިވެހި އިގްތިސާދުގައި އީޖާދީ ވިސްނުން ފުޅާކުރުމަށްޓަކައި އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއާ ބެހޭ ގާނޫނެއް އެކުލަވާލައި ތަންފީޒުކުރުން.

އުފެއްދުންތެރި އީޖާދީ މަސައްކަތްތަކަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ޕޭޓެންޓްތަކާއި ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށް، ޓްރޭޑް ކުރެވޭނޭ ޕްލެޓްފޯމެއް ގާއިމުކުރުން.

ފަންނުވެރިކަމަށް ހާއްސަ ލޯނު ސްކީމް ފުޅާކުރުން.

ތަފާތު ފަންނުތަކުގެ ފަންނުވެރިންނަށް އަސާސީ ސާމާނާ އެކު ޕްރެކްޓިސްކޮށް އަދި މަސައްކަތް ކުރެވޭނެ ތަންތަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުން.

ބާރުވެރި ޒުވާނުން

ޒުވާނުންނާއި ކުޅިވަރަކީ ވަކި ދެ ވުޒާރާއަކަށް ހެދުން.

ޔޫތު ލީޑަރުން އުފައްދަން ޔޫތު ކޯއެއް ގާއިމްކުރުން.

މަދަނީ ޖަމްއިއްޔާތަކުގެ އިދާރީ ހިންގުމަށް ކޯ-ވޯކިން ސްޕޭސްއެއް ގާއިމްކުރުން.

ޒުވާނުންގެ ބޯހިޔާވަހިކަން

އަތްފޯރާ ފަށުގައި ލިބޭ 'ކޯ-ލިވިން ސްޕޭސް' އަދި 'ސްޓޫޑިއޯ ސްޕޭސް' ހަދައި ފަސޭހައިން ކުއްޔަށް ހިފޭނެ ނުވަތަ އަމިއްލަ ކުރެވޭނެ ގޮތް ހެދުން.

އަލަށް ފްލެޓެއް ގަންނަ ޒުވާނުންނަށް %6 އިންޓްރެސްޓު ރޭޓުގައި އަދި %10 އިކުއިޓީގައި ލޯނު ދިނުން.

އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ދަތި ހާލުގައި އުޅޭ ޒުވާނުންނަށް ކައުންސިލް ހައުސިން ތައާރަފުކުރުން.

ހުނަރުވެރި ޒުވާނުން

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އިންސަނީ ވަސީލަތްތަކުގެ ޕްލޭން ހަދައި އެ ހިއުމަން ޕްލޭންއާ އެއްގޮތަށް ޒުވާނުން ބޭނުންވާ ދާއިރާތަކަށް ފުރުސަތު ހޯދައިދިނުން. 

ސަރަހައްދީ ދަނާލު ގާއިމުކޮށް، އެ ސަރަހައްދުތަކަށް ކިޔެވުމަށް ދާ މީހުންނަށް ދަނާލުގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިގްރީއާ ހަމައަށް ކިޔެވޭނެ ފުރުސަތު ހޯދައިދިނުން.

މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު މުރާޖައާކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކޮށްދިނުން.

ޒުވާނުންގެ ސިއްހަތާއި ދުޅަހެޔޮކަން

ރޭސިން ޓްރެކުތައް ހެދުން. 

ނަފްސާނީ ސިއްހަތަށް ހާއްސަ އެޑޮލެސެންޓް ކްލިނިކްތަކާއި ޓެލެމެޑިސިން ކްލިނިކްތައް ގާއިމުކުރުން.

ދެ ޖިންސަށް ހަމަހަމަ ކުޅިވަރުގެ ވަސީލަތްތަކާ އެކު، ހެލިފެލިވެ އުޅުމަށް ބާރުއެޅޭނެހެން ކުޅިވަރުގެ ވަސީލަތްތައް ހުރިހާ ރަށެއްގައި ގާއިމްކުރުން.

ފުރާވަރު ކުދިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އީ-ސްޕޯޓްސް، މާޝަލް އާޓްސް، ކައިޓް ސާފިން، ރޭސިން، އާބަން ސްކޭޓިން އަދި ޕާކޯ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތް ގާއިމުކުރުން.

މޫދު ކުޅިވަރަށް މަޝްހޫރު ގައުމެއްގެ ގޮތުގައި ރާއްޖެ އިތުރު ހަރުފަތްތަކަށް ގެންދިއުން.

ޒުވާނުންގެ ޓެކްނޮލޮޖީ

ޒުވާނުންނަށް ހާއްސަކޮށްގެން އިލެކްޓްރޯނިކް ވަސީލަތްތައް ހޯދުމަށް ހާއްސަ ލޯނު ސްކީމެއް ތައާރަފުކުރުން.

ރާއްޖޭގެ އިންސްޓަންޓް ޕޭމެންޓް ގޭޓްވޭ އާއި ބޭރުގެ ޕޭމަންޓް ސިސްޓަމްތަކާ އެކު ޑިޖިޓަލް ވިޔަފާރި ކުރެވޭނެ މަގުފަހިކުރުން.

ރާއްޖޭގެ އައިސީޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށް ނެރެ، މާކެޓްކޮށް، ކުރިއެރުވޭނެ މާހައުލެއް ގާއިމުކޮށްދިނުން.

ޒުވާނުންނަށް ބޭނުންތެރި ހުސް ވަގުތު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަލްޓިޕާޕަސްކޮށް ބޭނުންކުރެވޭ އޮޑިޓޯރިއަމްތައް ގާއިމުކޮށް، މުނިފޫހިފިލުވުވުމަށް ހާއްސަ ކޮމްޕްލެކްސްތައް ހެދުން.

ހުސް ވަގުތު ރަނގަޅުގޮތުގައި ބޭނުން ކުރުމަށް ފަހިވާ ގޮތަށް، ހުރިހައި އުމުރެއްގެ މީހުންނަށް އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތަށް ކޮމިއުނިޓީ ސެންޓަރުތައް ހިންގުން.

އެއްވެސް ޒުވާނަކު ބާކީ ނުކުރުން

ކޮންމެ ބާވަތެއްގެ ކުށަކަށް ހުށަހެޅޭ ފަރާތެއް ވެސް، އެ ފަރާތެއް އެ ކުށަކަށް ޒިންމާ ނެގުމަށް ފަހު އިންޑިވިޖުއަލައިޒްޑް ޓްރީޓްމަންޓް ޕްލޭނެއްގެ ދަށުން ފަރުވާދީ، ރިހެބިލިޓޭޝަން ފޯރުކޮށްދިނުން.

އެ މީހަކު ވަށައިގެންވާ ވެއްޓަކީ ވެސް އެ މީހަކު ބަލައިގަންނަން ތައްޔާރަށް އޮތް ވެއްޓަކަށް ހެދުން.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.