Advertisement

ފޮޓޯ: ޓްވިޓަރ

19 Aug 2023
ޚަބަރު

"ޓީ ވިތް އިބޫ"ގެ ނަމުގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުން ޙާއްސަ ހަރަކާތެއް

"އުފާވެރި އަންހެނުން" (ޓީ ވިތް އިބޫ)ގެ ނަމުގައި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުން ޙާއްސަ ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގައި އަންހެނުންނަށް ހޯދަވައިދެއްވި ކުރިއެރުންތައް ފާހަގަކުރުމަށް އެ ޕާޓީގެ އަންހެނުންގެ ރޫހުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މާލެ ސަރަހައްދުގައި މި ހަރަކާތް ފެށުމުގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1ގެ ރުއްގަޑު އެކެއްގައެވެ. އަތޮޅުތަކުގެ ރަށްތަކުގައިވެސް މި ހަރަކާތް އިއްޔެ ވަނީ ކުރިއަށްގެންގޮސްފައެވެ. 

މި ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞާލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ޞާލިހް ވަނީ އެމްޑީޕީގެ އަންހެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

މިހަރަކާތުގައި ލައިވް މިއުޒިކްއާއި ބޮޑުބެރުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.  މި ވެރިކަމުގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ކައުންސިލްތަކުން ވަކި އިންސައްތައެއް އަންހެނުންނަށް ޙާއްސަކޮށް ފައިވާއިރު، ވިހެއުމާއި ގުޅިގެން އަންހެނުންނަށްދޭ ޗުއްޓީ ވަނީ 6 މަސްދުވަހަށް އިތުރުކޮށްދީފައެވެ. އަދި ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް އުފެއްދި އެސްއެމްއީ ބޭންކުންވެސް އެންމެ އިސްކަމެއްދީގެން ލޯނު ފޯރުކޮށްދެނީ އަންހެނުންނަށެވެ.

އެސްއެމްއީ ހަބްގެ ގިނަ ކިއޮސްކްތަކެއް އަންހެނުންނަށް ދޫކޮށްފައިވާއިރު އޮތެންޓިކް މޯލްޑިވްސްގައި 197 ސަޕްލަޔަރުން ތިބިއިރު މީގެތެރެއިން 137 ސަޕްލަޔަރުންނަކީ އަންހެނުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.