Advertisement

މަޑަވެލީގައި ކެމްޕޭން ބައްދަލުވުން ބޭއްވުމަށް ތައްޔާރުކޮށްފައިވާ ތަނަށް ގެއްލުންދީފައި ---

08 Aug 2023
ޚަބަރު

މަޑަވެލީގައި ކެމްޕޭނަށް ހުރަސްއެޅުމުގެ ގޮތުން ހިންގި ޢަމަލުތައް އެމްޑީޕީން ކުއްވެރިކޮށްފި

އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭނަށް ގދ. މަޑަވެލީގައި ބާއްވާ ޖަލްސާަަށް ތައްޔާރުކޮށްފައިވާ ތަނުގައި އަލިފާންރޯކޮށް ތަނަށާއި ތަކެއްޗައް ގެއްލުންދީ ހިންގާފައިވާ އަމަލުތައް އެމްޑީޕީން ކުއްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ކެމްޕެއިން ކުރުމުގެ ހައްގަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް އެއްވެސް ބިރުވެރިކަމެއްނެތި، މިނިވަންކަމާއެކީ ކުރެވެންޖެހޭނެ ކަމެއްކަމަށް އެޕާޓީން ދެކޭ ކަމަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިނެއް ކުރިއަށްދާ ވަގުތު އެ ކެމްޕެއިނަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ހަރަކާތެއް ހިންގުމަކީ އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ ދަށުން މަނާކަމެއްކަމުން، މިފަދަ ކަންކަމުން ވާދަވެރި އެހެން ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން ހުއްޓައިލުމަށާއި، އެ ބައެއްގެ ކެންޑިޑޭޓުގެ ކެމްޕެއިން މަސައްކަތައިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރާކަމަށް އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބުގައި މިއަދު ހެނދުނު މަޑަވެއްޔަށް ވަޑައިގެންނެވި އިރު، މަޑަވެލީގައި ކެމްޕޭން ބައްދަލުވުމަށް ތައްޔާރުކޮށްފައި އޮތްތަނުގައި ރޭ ބަޔަކު ވަނީ ރޯކޮށްލާފައެވެ. 

މަޑަވެލީގައި އެކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެފަދަ ޢަމަލުތަކުން ދޭހަވާ އެއްކަމަކީ މިކުރާ ކެމްޕޭނުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ބޮޑުތަނުން އެމަނިކުފާނަށް ކާމިޔާބުވާ ތަން ވާދަވެރިންނަށް ފެނި އެކަން ހުއްޓުވުމަށް ކުރާ ކަމެއްކަން ކަމަށެވެ.

ރައީސް ޞާލިޙްގެ ކެމްޕޭނަށް ހުރަސް އެޅުމަށް، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން މަސައްކަތް ކުރާއިރު، އެޕާޓީގެ މައިގަނޑު ގޮތެއްގައި ކުރަނީ ރައީސް ޞޯލިޙަށް އެންޓިކެމްޕޭނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.