Advertisement

11 Aug 2023
ޚަބަރު

ހުރިހައި ކެނޑިޑޭޓުންނަށްވެސް ކެންޕެއިން ކުރުމުގެ ފުރުސަތު ދީފައިވާނެ: ރައީސް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހައި ކެނޑިޑޭޓުންނަށްވެސް ކެމްޕޭން ކުރުމުގެ ފުރުސަތު، ދީފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

'އުފާވެރި އަމާން ރާއްޖެ' ކެމްޕޭން ދަތުރުފުޅުގައި، ގއ. ކޮލަމާފުށީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ފަދަ އަނިޔާވެރި ކަންކަން މި ސަރުކާރުން ނުކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ،  ގޮތުގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވޯޓުލާން އޮތް ދުވަހުގެ އެއް ދުވަސް ކުރިން އެމްޑީޕީގެ ކެމްޕޭނުގައި ހަރަކާތްތެރިވި 18 އެކްޓިވިސްޓުން ޖަލަށްލައި އެ މީހުންނަށް ވޯޓު ލުމުގެ ހައްގު ގެއްްލުވާލިކަމަށެވެ. ނަަމަވެސް މި ސަރުކާރުން އެފަދަ ކަންކަން ނުކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ސާފުކޮށް، ކެމްޕޭން ކުރުމުގެ ފުރިހަމަ ޖާގަ، އަށެއް ކީއްކުރަން، 12 ކެންޑިޑޭޓުން ކުރިމަތިލެއްވި ނަމަވެސް، އެ ފުރުސަތު އޮންނާނެ. ކެމްޕޭން ކުރައްވަންވީ. ހިޔާލު ފާޅު ކުރަންވީ. ހާމަކަން ބޮޑު ގޮތެއްގައި އެ ޖާގަ އެ އޮތީ ދީފައި،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ނިންމާ ނިންމުމުގެ ސަބަބުން އަނެއްކާވެސް އެ ދުވަސް އިއާދަ ވެދާނެ ކަމަށް ވިދާޅުވެ، ރައީސް އެދިވަޑައިގެންނެވީ އެ މަނިކުފާނަށް ވޯޓު ދިނުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.