ރިޔާސީ އިންތިހާބު 2023
26 Aug 2023
ޚަބަރު
ތޮއްޑޫ ދާއިރާގެ މެމްބަރު އެމްޑީޕީއަށް ސޮއެކުރައްވައި ކެމްޕޭނަށް ނުކުންނަވައިފި
ރައީސް ނަޝީދަށް ކުރެއްވި ތާއީދު ދޫކޮށްލައްވައި، އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށްފަހު، ޝިޔާން ވިދާޅުވީ، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، އެއީ ދާއިރާގެ ރައްޔިތުންނާއި އަދި މުޅިރާއްޖޭގ ގިނަ ދިވެހި ރައްޔިތުންގެ ވިންދުވެސް ހުރިގޮތަކީ އެއީ ކަމަށްވާތީއެވެ. މީގެ އިތުރުން ތޮއްޑޫދާއިރާ ސާފު ބޮޑު އަޣުަލަބިއްޔަތާއި އެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމުގައިވެސް ޝިޔާން ވަނީ ވިދާޅުވެފައެވެ.
25 Aug 2023
ކީއްވެ އިބޫ؟
ފްރީލޭންސާއެއްގެ ހައިސިއްޔަތުން ޝުއާއު އެންމެ ފާހަގަ ކުރަނީ ކޮވިޑް ތެރޭގައި ސަރުކާރުން ވެދިން އެހީ
25 Aug 2023
ޚަބަރު
އީސީގެ އޮފީހާއި އިންތިހާބީ މަރުކަޒު ކައިރީގައި ކެންޕެއިން ބެނާތައް ނުދެމުމަށް އަންގައިފި
އިލެކްޝަންސް ކޮމިޝަންގެ މައި އޮފީހާއި އިންތިޚާބީ މައި މަރުކަޒު ކައިރީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އަދި ރިޔާސީ ކެންޑިޑޭޓެއްގެ ކެމްޕޭން ބެނާތަކާއި ދިދަތައް ނުދެމުމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވައިފިއެވެ. އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކެންޕެއިން ބެނާތައް މުޅި މާލޭގައި ވަނީ ދަމާފައެވެ. އަދި އިންތިހާބީ މައި މަރުކަޒު ދަރުބާރުގެ ކައިރީގައިވެސް މިފަދަ ބެނާތައް އެބަހުއްޓެވެ.
24 Aug 2023
ޚަބަރު
މިއީ ދެވަނަ ބުރެއްނެތި އަނެއްކާވެސް އެމްޑީޕީން ވެރިކަމަށް އަންނާނޭ ފަހަރު: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ އުފާވެރިއަމާން ރާއްޖެ ކެމްޕޭނުގައި، އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ އިޤުތިޞާދީ ސިޔާސަތުތައް ޙާމަކުރުމަށް، "ޒަމާނަކުން އައި ޒަމާނެކޭ"ގެ ނަމުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
24 Aug 2023
ޚަބަރު
އިޤުތިޞާދީ ބޮޑު ބަދަލުގެ ސިޔާސަތުތައް ހާމަކޮށްފި
މެނިފެސްޓޯގެ އިޤުތިޞާދީ ސިޔާސަތުތައް ހާމަކުރީ، އުފާވެރި އަމާންރާއްޖެ ކެމްޕެއިންގެ ދަށުން، މިރޭ "ޒަމާނަކުން އައި ޒަމާނޭ"ގެ ނަމުގައި ބޭއްވި ހަފްލާގައެވެ.
24 Aug 2023
ޚަބަރު
ވޯޓާރސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުމަށް މާދަމާ ހުޅުވާލަނީ
ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި މާދަމާއިން ފެށިގެން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ސޮއިކުރަން ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއެވެ.
24 Aug 2023
ޚަބަރު
ދުވާފަރަށް އެއަރޕޯޓެއްގެ ފެހި ސިގްނަލް ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ 2 ވަނަ ދައުރެއްގައި ދުވާފަރަށް ކޮށްދެއްވާނެ ގިނަ ކަންތައްތައް އެމަނިކުފާނު އިއުލާންކުރައްވައިފިއެވެ. މިއާއިއެކު ޖަލްސާގައި ބައިވެރިވި ދުވާފަރު ރައްޔިތުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
22 Aug 2023
ވިދާޅުވި
އަންނަ އަހަރު ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
22 Aug 2023
ޚަބަރު
ސިޔާސީ ހަމަޖެހުން ގެނެސްދިން ސަރުކާރެއް މިނޫނީ ނެތް: ހިސާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނޫނީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެސްދިން ސަރުކާރެއް މިހާތަަނަށް ނެތްކަމަށް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
21 Aug 2023
އެމް.ޑީ.ޕީ. މެނިފެސްޓޯ 2023
އެމް.ޑީ.ޕީ. ގެ މެނިފެސްޓޯއަށް ކަޅިއެއް
ފެންވަރު ކަށަވަރު ސިއްޙީ ޚިދުމަތަށް އިތުބާރު
21 Aug 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، މާޅޮސްމަޑުލަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެއް މިއަދުފައްޓަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލުގެ ރަށްރަށަށް ކުރައްވާ ކެމްޕޭން ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި މިކެމްޕޭން ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކޯލިޝަން ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ކެމްޕޭން މިދަތުރުފުޅުގައި މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގެންނެވީ މާޅޮސްމަޑުލު ދެކުނުބުރީ، ފުޅަދޫއަށެވެ. އެރަށުގެ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ވަރަށް ހޫނުމަރުޙަބާއެއް ދަންނަވާފައެވެ.
21 Aug 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ރާއްޖެއިން ބޭރުގައި ކުރިޔަށް ގެންދާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފި
ރިޔާސީ އިންތިހާބު 2023 ގައި، ރާއްޖޭން ބޭރުގައި ވޯޓުފޮށި ބަހައްޓާ 5 ގައުމުގައި، އެ ގައުމެއްގެ ގަޑިން ވޯޓުލުން ފަށާގަޑި އާއި، ވޯޓުލުން ނިންމާ ގަޑިތައް އީސީ އިން ޢާންމުކޮށްފިއެވެ. ރާއްޖެއިން ބޭރުގެ ފަސް ޤައުމެއްގައި ވޯޓުފޮށިތައް ބަހައްޓާއިރު، އެޤައުމުތަކާއި ރާއްޖޭގެ ގަޑިއާ ބޮޑު ފަރަޤެއް ހުރެއެވެ. މިގޮތުން އެންމެ ބޮޑު ފަރަޤެއް ހުންނާނީ ރާއްޖެއާ އިނގިރޭސި ވިލާތާއި ދެމެދުގައެވެ. މިގޮތުން އިނގިރޭސި ވިލާތުގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ 4 ގަޑިއިރު ލަސްވާނެއެވެ. ޓްރެވިންޑްރަމްއާ ކޮލަމްބޯގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ 30 މިނިޓް އަވަސްވާނެއެވެ. އަބޫދާބީގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ އެއްގަޑިއިރު ލަސްވާނެއެވެ. ކުއާލަލަމްޕޫރުގެ ގަޑި ރާއްޖޭގެ ގަޑިއަށްވުރެ 2 ގަޑިއިރު އަވަސް ވާނެއެވެ.
20 Aug 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމް ފަށައިފި
ރިޔާސީ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކަތް ކުރާ ފަރާތްތަކަށް ތަމްރީން ދިނުމުގެ ޕްރޮގްރާމް އާދީއްތަ ދުވަހު ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، މާލޭސިޓީ ފިޔަވައި، އެހެން ސިޓީތަކާއި، ހުރިހާ އަތޮޅެއްގެ، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް އާދީއްތަ ދުވަހު ފަށާފައިވާކަމަށެވެ.
20 Aug 2023
ޚަބަރު
ކެނޑިޑޭޓުންގެ ސަލާމަތައް ނުރައްކާވާ ކަމެއް ނުކުރޭ، އެއީ ކުށެއް: އީސީ
ރިޔާސީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.
20 Aug 2023
ޚަބަރު
ފައިނަލް ލިސްޓުގައި 282،000 އަށްވުރެ ގިނަ މީހުންނަށް ވޯޓު ލެވޭ
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ފައިނަލް ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފިއެވެ.
19 Aug 2023
ޚަބަރު
ކެމްޕޭނަށް ހުރަސް އެޅުމާއި އަނިޔާވެރިވުން ބަލައި ނުގަނެވޭނެ ކަމުގައި ހޯމް މިނިސްޓަރު ވިދާޅުވެއްޖެ
މިނިސްޓަރ އިމްރާން ވިދާޅުވީ، ކެމްޕޭނުކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެފަދަކަންކަމުން ދުރުވެތިބުމަށް ގޮވާލައްވާ ކަމަށެވެ.