Advertisement

އެމްޑީޕީން މިރޭ ބޭއްވި ޙަފްލާގެ ތެރެއިން ---

24 Aug 2023
ޚަބަރު

އިޤުތިޞާދީ ބޮޑު ބަދަލުގެ ސިޔާސަތުތައް ހާމަކޮށްފި

އެމްޑީޕީގެ މެނިފެސްޓޯގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނޭ ބާރުވެރި އިޤުތިޞާދުގެ ސިޔާސަތުތައް ހާމަކޮށްފިއެވެ.

މެނިފެސްޓޯގެ އިޤުތިޞާދީ ސިޔާސަތުތައް ހާމަކުރީ، އުފާވެރި އަމާންރާއްޖެ ކެމްޕެއިންގެ ދަށުން، މިރޭ "ޒަމާނަކުން އައި ޒަމާނޭ"ގެ ނަމުގައި ބޭއްވި ހަފްލާގައެވެ.

އިޤުތިޞާދީ ބޮޑު ބަދަލު މެނިފެސްޓޯގައި ބަހާލާފައި ވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެއީ:

1. ބާރުވެރި އިގުތިސާދު

2. އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ

3. އިގުތިސާދީ ހަރަކާތްތަކުގައި އެންމެ ބައިވެރިވުން

4. ވިލުންތެރި އިގުތިސާދު

އެމްޑީޕީން މިރޭ ހާމަކުރި މެނިފެސްޓޯގައި ހިމެނޭ ބާރުވެރި އިޤުތިޞާދީ ސިޔާސަތުގައި، ޑިޖިޓަލް އިންޤިލާބާއި، މަސްވެރިކަމުގެ ނަފާއިތުރުކުރުމާއި، ސިނާޢީ ދަނޑުވެރިކަމުގެ ނަފާ އާއި، ދަތުރުފަތުރާއި ޢުމުރާނީ ސިނާއަތަށް މާނަވީ އިންވެސްޓްކުރުން ހިމަނާފައިވެއެވެ.

މެނިފެސްޓޯގެ އިޤުތިޞާދީ ބޮޑު ބަދަލުގެ، އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާގައި ހިމަނާފައި ވަނީ، ފަހިމާލީ ސިޔާސަތާއި، ފައިނޭންޝަލް ސެކްޓަރ ރިފޯމް ކުރުމާއި، ރެގިއުލަރޭޓަރީ ނިޒާމް އިޤުތިޞާދީ ހަރަކާތްތަކަށް ފަހިކުރުމާއި، އިސްލާމިކް ފައިނޭންސްގެ ސަރަޙައްދީ މައި ހަބަކަށް ރާއްޖެ ހެދުމެވެ.

2028 ވަނަ އަހަރު ރާއްޖޭގެ އިޤުތިޞާދު ދެގުނަކޮށް ދައުަލަތަށް ލިބޭ ޢާމްދަނީ 45 ބިިލިއަން ރުފިޔާއަށް އިތުރު ކުރުމަކީ، އިޤުތިޞާދީ ބަދަލުގައި ސަރުކާރުން ޙާޞިލްކުރުމަށް އަމާޒު ހިފާފައިވާ އެއް ލަނޑުދަނޑިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.