Advertisement

22 Aug 2023
ވިދާޅުވި

އަންނަ އަހަރު ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އަޅުގަނޑުމެން އަބަދުވެސް ބުނަން، އަޅުގަނޑުމެން ޕޭ ހާމަނައިޒޭޗަން ނިންމާނީ ދައުލަތުގާ މަސައްކަތްކުރާ ހުރިހާ މުވައްޒިފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްގެންނޭ.

އޭގެ ތެރޭގައި ދެން އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ދާއިރާތަކަކީ، ސިފައިންނާއި ފުލުހުން، ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުން، ކަސްޓަމްސް، އިމިގްރޭޝަން، ކަރެކްޝަންސް، ސިވިލް ސަރވިސަސްގައި ހިމެނޭ އެހެން ހުރިހާ މުވައްޒިފުން، އިމާމުންނާއި މުދިމުން، ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސަރވަންޓުން.

އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ދެން މި ފާސްކުރާ ބަޖެޓާއެކީގައި އަންނަ ޖެނުއަރީ މަހުން ފެށިގެން މި ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އެންމެންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުން.

އޭގެ ތެރޭގައި މި ދެންނެވިހެން ސިފައިންނާއި، ފުލުހުންނާއި، ކަސްޓަމްސްއާއި، އިމިގްރޭޝަންއާއި، ކަރެކްޝަންސްއާއި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންނާއި، ޖުޑިޝިއަރީ ދާއިރާގެ ހުރިހާ މުވައްޒިފުންނާއި ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ ހުރިހާ މުވައްޒިފުންގެ މުސާރައަށް، ހެޔޮ، ރަގަޅު، ބޮޑު ބަދަލެއް މިއަންނަ ޖެނުއަރީއިން ފެށިގެން އަންނަތަން ތިޔަ ބޭފުޅުންނަށް ފެނިގެން ދާނެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.