ވިދާޅުވި
22 Jun 2023
ވީޑިއޯ
ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު
އަޅުވެތިކަމާ ދެކޮޅަށް އެކާވީސް ވަނަ ޤަރުނުގައި ބޭނުންކުރާ އެންމެ ކަށަވަރު ފަރުވާއަކީ، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ޞުލްޙަ. ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމާޢާތްތަކާ އެކުގައި ބަދަހިކުރާ އިތުބާރު ހުރި ގާތް އެކުވެރި ގުޅުން. އެ ގުޅުމުގައި އާރުލާ ވަރަކަށް، އެ ޤައުމެއްގެ ވަށައިގެން ލެވޭ ދިފާޢީ ފާރުގެ ވަރި ބޯވެގެންދާނެ.
29 May 2023
ވިދާޅުވި
ފ. މަގޫދޫގައި ބޭއްވި ޙާއްސަ ރަސްމިއްޔާތު
ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި، އަޅުގަނޑުމެން ތަރައްޤީ ގެންނަ ވާހަކަ މި ދައްކަނީ، އެ ރަށް ރަށުގައިވެސް އުޅެނީ ދިވެހި ރައްޔިތުން ކަމަށްވާތީ، އެ މީހަކު އުޅޭ ތަނެއްގެ ސަބަބުން، އެ މީހެއްގެ ވިސްނުން ހުރި ގޮތެއްގެ ސަބަބުން އެ މީހަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެގެނެއް ނުވާނެ.
28 May 2023
ވިދާޅުވި
ދަރަނބޫދޫ ބަނދަރު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތު
ރައްޔިތުން ސަރުކާރެއް ހޮވަނީ، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ހޯދައިދޭން. އަޅުގަނޑުމެންގެ އެ ދުވަހުގެ އަމާޒަކީ، ވަޢުދަކީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި، އެއީ ދިރިއުޅޭ ރަށެއް، އަދި އެ މީހެއްގެ ފިކުރު ހުރިގޮތް ބެލުމެއްނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން.