Advertisement

29 May 2023
ވިދާޅުވި
މިފްތާޙް މުޙައްމަދު

ފ. މަގޫދޫގައި ބޭއްވި ޙާއްސަ ރަސްމިއްޔާތު

ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި، އަޅުގަނޑުމެން ތަރައްޤީ ގެންނަ ވާހަކަ މި ދައްކަނީ، އެ ރަށް ރަށުގައިވެސް އުޅެނީ ދިވެހި ރައްޔިތުން ކަމަށްވާތީ، އެ މީހަކު އުޅޭ ތަނެއްގެ ސަބަބުން، އެ މީހެއްގެ ވިސްނުން ހުރި ގޮތެއްގެ ސަބަބުން އެ މީހަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެގެނެއް ނުވާނެ. އެއީ، ވެރިކަމެއްގައި ތިބޭ ބަޔަކު ރައްޔިތުންނާ ދޭތެރޭގައި ކަން ކުރަންޖެހޭނެ ގޮތެއް ނޫން. އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި މިހިރީ މި ދެންނެވި މިޞްރާބަށް. އެއްވެސް ރައްޔިތަކު ބާކީނުކޮށް. އެއްވެސް ރަށެއްގައި ދިރިއުޅޭ ރައްޔިތަކު ބާކީނުކޮށް، ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް.

ރަށެއް ތަރައްޤީވުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ، އެ ރަށެއްގައި ހަމަޖެހިލައިގެން ބަޔަކަށް ދިރިއުޅެވޭނެގޮތްވުން. އަޅުގަނޑު ކުރިން ދަންނަވާހެން، ގައިން ތާހިރުނުވެ ތަރައްޤީގެ ވާހަކަ ކިހިނެއްތޯ ދައްކާނީ. ފުރަތަމަ ކަމަކަށް ކުރަންޖެހޭނީ އެކަން ނޫންތޯ. ތިމާއަށް ހަމަޖެހިލައިގެން ހުރެގެން ނޫންތޯ، ދެން ތަރައްޤީގެ ވާހަކަ އަޅުގަނޑުމެންނަށް ދައްކަން ފެށޭނީ. އިރާދަކުރެއްވިއްޔާ، މިއަދު މަގޫދޫ މިވަނީ އެ މަރްޙަލާއިން ހުރަސްކޮށްފައި. މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވި، ޚިދުމަތް ލިބެމުން އެދަނީ. 

މި އަތޮޅުވެސް ތަރައްޤީވާންޖެހޭނެ. މި އަތޮޅު ތަރައްޤީކުރަން ބަލާއިރުގައި، މި އަތޮޅުގައި އެއަރޕޯޓެއްގެ ޚިދުމަތް ލިބެން އެބަޖެހޭ. މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނިން. ޕްލޭނިންގ މިނިސްޓްރީގެވެސް ލަފަޔާ އެކީގައި، މި އަތޮޅުގައި އަޅަންޖެހޭ އެއަރޕޯޓް އަޅަން އެންމެ ރަނގަޅު ތަނެއް ކަމަށް އަޅުގަނޑުމެންނަށް ފެނުނީ މަގޫދޫ. މިކަމަކީ މަގޫދޫގެ ރައްޔިތުން ވަރަށް ޒަމާނުއްސުރެ އެދިގެންދިޔަ ކަމެއް. އަޅުގަނޑު ހިތުން މަގޫދޫގައި މިއަޅާ އެއަރޕޯޓަކީ، އޭގެ ސަބަބުން މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައަކާއި ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެއް. މި އަތޮޅުގައި ސަރުކާރުން މިއަދު ހިންގާ އެންމެބޮޑު މަޝްރޫޢަކީ އެއީ. ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް، އެއަރޕޯޓްގެ ޕްރޮޖެކްޓަކީ.

ފުރަތަމަ އަޅުގަނޑުމެން އެއަރޕޯޓުގެ މަސައްކަތް ފަށައިގަތީ، 1200 މީޓަރުގެ ދިގުމިނުގެ އެއަރޕޯޓެއްގެ ގޮތުގައި. 1200 މީޓަރު. އެހެން ނަމަވެސް، މިއަދު 1200 މީޓަރު ދިގުމިނުގެ އެއަރޕޯޓެއް އެޅުމަށް އޭރު ނިންމީ. އެހެން ނަމަވެސް، މިއަދު މިވަނީ އެއަރޕޯޓް ބޮޑުކޮށް، 1800 މީޓަރުގެ އެއަރޕޯޓަކަށް ބަދަލުކުރަން އަޅުގަނޑުމެން ނިންމާފައި. ބޭނުމަކީ މި ސަރަޙައްދުގައި ހުރި ރިޒޯޓުތަކަށް، ވަރަށް ފެންވަރުމަތީ ރިޒޯޓުތަކެއް މިހިސާބުގައި އެބަހުރި. އެ ތަނަށް އަންނަ ޓޫރިސްޓުން އަންނަ ޕްރައިވެޓް ޖެޓް ޖެއްސޭވަރުގެ އެއަރޕޯޓަކަށް މި އެއަރޕޯޓް ބަދަލުކުރުން.

ހަމަ އެއާއެކީގައި، އެ އަންނަ ޖެޓްތައް މި ތަނުގައި ޕާކް ކުރެވޭނެ އިތުރު ޕަރކިންގ ސަރަޙައްދަކާއި، ވީ.އައި.ޕީ. ޓަރމިނަލެއް އިރާދަކުރެއްވިއްޔާ މި އެއަރޕޯޓުގައި އަޅުގަނޑުމެން ޤާއިމުކުރާނަން. އަދި ދެވަނަ ތަނަކަށް ނުގޮސް، މި ތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފަރމެއްވެސް މި އެއަރޕޯޓް ނިމިގެންދާއިރުގައި، މި ތަނުގައި ޤާއިމުކުރެވިގެންދާނެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.