Advertisement

28 Jul 2023
ވިދާޅުވި
މިފްތާޙް މުޙައްމަދު

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގެ އުސްއަލިތައް

ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ޤާއިމުވެފައި އޮތް ފަސް އަހަރު. ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ޚާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާޚިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު.

މިއަދު އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެއާއި ބައިނަލްއަޤުވާމީ މުޖްތަމަޢާ ދެމެދުގައި އޮތް ރަޙްމަތްތެރި ބަދަހި ގުޅުން. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ދިރުން ލިބިއްޖެ. ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ ޢާއިލީ ތަނަވަސްކަން އިތުރުވެއްޖެ.

ކުރިމަގުގައި ވެސް އަޅުގަނޑުގެ އެންމެ އިސް އަމާޒަކީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިޔާމަތްކޮށް ރައްކާތެރިކުރުން. ދިވެހިންގެ މިލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު. 

ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ޤަރުނުގެ ތަރައްޤީ. އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ޙާލަތު. މާތް ﷲގެ ވާގިފުޅާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ޙާލަތު ބަދަލުކޮށް ތަރައްޤީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން.

މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން، މި ފިޔަވަޅުމަތީ ހުރެ އުފަލާއެކު އަޅުގަނޑު ދަންނަވަން އޮތީ، ޢިލްމު އުނގެނުމާއި މަތީ ތަޢުލީމް ޙާޞިލުކުރުމުގެ ފުރުޞަތު ނުލިބޭ އެންމެ ދިވެހި ދަރިއަކު ވެސް މިހާރު ނުހުންނާނެޔޭ. ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން، މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް، ދިވެހި ޒުވާނުންނަށްޓަކައި އަޅުގަނޑުމެން ފުރުޞަތުތައް ފަހިކޮށްދީފިން.

މާތް ﷲގެ ވާގިފުޅާއެކު، ހަމަޖެހުމާއި ޞުލްޙަވެރިކަން ޤާއިމުކޮށް، މިއަދު އަޅުގަނޑުމެންނަށް މިވަނީ ޤައުމު ބިނާކުރުމުގެ ބިންގާ އެޅިފައި. ރާއްޖޭގެ އުތުރުން ދެކުނަށް އަޅުގަނޑުމެން މުޑުވައްކުރި ތަރައްޤީގެ އޮށްތައް މިވަނީ ކޯދުލައި ހެދިގަންނަން ތައްޔާރުވެފައި.

ދެން ކުރަން އޮތް ކަމަކީ، އަޅުގަނޑުމެން މި ތައްޔާރުކުރި ތަރައްޤީގެ ބުސްތާނަށް ފެން ދީ އެ ގަސްތައް ހެއްދުން. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވީ، އެ ގަސްތަކުގެ ހިޔާ މުޅި ރާއްޖެއަށް ފަތުރާލައި، އެ ހިޔާވަހިކަމުގެ ދަށުގައި ކުރިމަގުގެ ޖީލުތަކަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން.

ޞުލްޙަވެރިކަމާއެކު މަޝްވަރާގެ މަގުން ހިންގަވައި، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު.

ޝަހީދުވި ޢަލީ ރަސްގެފާނަކީ، ދިވެހިންގެ މިނިވަން ޖިހާދުގައި ޤުރުބާންވެވަޑައިގެންނެވި ނަމޫނާ ބަޠަލެއް. އަޅުވެތިކަމުގެ 15 އަހަރާއި 6 މަހަށްފަހު، ޕޯޗުގީޒުންގެ ވަކިތަކުން ދިވެހިން މިނިވަންކޮށްދެއްވި ޤައުމީ ބަޠަލަކީ، އުތީމު، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ސިރީ ސަވާދީއްތަ މަހާރަދުން. މަލާބާރީންގެ އަނިޔާވެރި އަޅުވެތިކަމުން ދިވެހިންނަށް މިނިވަންކަމުގެ ހަމަނޭވާލެވުނީ، ހުރާ ދޮންބަންޑާރައިންގެ ހިތްވަރުގަދަ ޤައުމީ ޖިހާދުން.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާއިން، ދިވެހި ޤައުމުގެ މިނިވަންކަން ދިފާޢުކޮށްދެއްވީ، ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމްގެ ޖިހާދީ ލޭފޮދުން. އަދި އެ ދުވަހު ދިވެހި އުންމަތުގެ ޙައްޤުގައި ހަނގުރާމަ ކުރައްވައި ޝަހީދުވި އެންމެހައި ދިވެހި ސިފައިންގެ މަތިވެރި ޤުރުބާނީން.

މިނިވަން ދިދައެއްގެ ހިޔާ ދަށުގައި ތިބެ، މިނިވަންކަމުގެ ޝުޢޫރުތައް، މިއަދު އަޅުގަނޑުމެންނަށް މިފާޅުކުރެވެނީ، މި ދެންނެވި ޤައުމީ ބަޠަލުން މި ދިވެހި ފަސްގަނޑުގެ ޙައްޤުގައި، ވެވަޑައިގެންނެވި އަގުނުކުރެވޭ ފަދަ މަތިވެރި ޤުރުބާނީގެ ސަބަބުން. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.