Advertisement

28 May 2023
ވިދާޅުވި
މިފްތާޙް މުޙައްމަދު

ދަރަނބޫދޫ ބަނދަރު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތު

ދަރަނބޫދޫއަކީ އާބާދީ ކުޑަ ރަށެއް. މިތާ ތިއްބެވި ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ، މި ރަށުގައި އޭރު އެ އޮންނަ ގޮތުން، 40 މީހުން ހަމަނުވެ، 50 މީހުން ހަމަނުވެގެން ހުކުރު ނުކުރެވުނު ހަނދާން. އެހެން ނަމަވެސް، އެ ސަބަބުތަކަށްޓަކައި ހުރެ ކުރީގެ ސަރުކާރުގެ ސިޔާސަތަކީ، ކުދިކޮށް ހުރި ރަށްރަށް، އެއީ މީހުން ދިރިއުޅުނަސް، މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުއްދައިދޭން ނުޖެހޭ ރަށްރަށުގެ ގޮތުގައި ބަލައިނުގަތުން. ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން އެއީކީއެއް. ރައްޔިތުން ސަރުކާރެއް ހޮވަނީ، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ހޯދައިދޭން. އަޅުގަނޑުމެންގެ އެ ދުވަހުގެ އަމާޒަކީ، ވަޢުދަކީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި، އެއީ ދިރިއުޅޭ ރަށެއް، އަދި އެ މީހެއްގެ ފިކުރު ހުރިގޮތް ބެލުމެއްނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން.

ދަރަނބޫދޫއަށްވީ ވަޢުދުތައް ފުއްދުމުގައިވެސް އަޅުގަނޑުމެން ގެންގުޅުނީ އެ ވިސްނުން. މި ދާއިރާގެ މެންބަރަކީ މިއަދާ ޖެހެންދެން އެމް.ޑީ.ޕީ.ގެ ސަރުކާރަށް ނިސްބަތްވާ މެންބަރެއް ނޫން. ދަރަނބޫދޫގެ ރައްޔިތުންގެ ތެރެއިން ބޮޑު ބަޔަކީ އެމް.ޑީ.ޕީ. އަށް ތާއީދުކުރާ ބައެއް ނޫން. ކައުންސިލްގައިވެސް، މިއަދުވެސް ކައުންސިލްގެ ރައީސްވެސް އަދިވެސް ތިއްބެވި ބޭފުޅުންނަކީ އެމް.ޑީ.ޕީ. އަށް ނިސްބަތްވާ ބޭފުޅުންނެއް ނޫން. ކުރިއެކޭ އެއްގޮތަށް އަޅުގަނޑުމެންނަށް ލިސްޓުގެ ފަހަތަށް ޖައްސާފައި އަޅުގަނޑުމެންނާ އެކީ ތިބި ރަށްރަށަށް އެކަނި މަސައްކަތްކޮށްދީގެން އަޅުގަނޑުމެންނަށް ކުރިއަށްދެވުނީސް. ނަމަވެސް، އެއީކީއެއް ސަރުކާރަކުން ކަން ކުރަންވާނެ ގޮތެއް ނޫން. އެހެންކަމުން، އެ ވިސްނުން ދުރުކޮށް، ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ކަންތައްތައް ކޮށްދިނުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ފަށައިގަތީމު.

އާދެ، ވޭތުވެދިޔަ ފަސް އަހަރަކީ، އޭގެ ކުރިއާ އަޅައިބަލާއިރު، ތިޔަބޭފުޅުން އަމިއްލައަށް ވަޒަންކޮށްލައްވަން އަޅުގަނޑު ދޫކޮށްލާނަން. އަޅުގަނޑުމެން 2018 ވަނަ އަހަރު ވެރިކަމަށް އައިއިރު، ރާއްޖޭގައި އޭރު އޮތް ޙާލަތު، ހަލަބޮލިކަމާއި، ހަމަނުޖެހުމާއި، ބިރުވެރިކަމާއި، ތިޔަ ވިދާޅުވާހެން ތަފާތުކުރުންތަކާ އެކީގައި ސަރުކާރުން ކުރަމުން ގެންދިޔަ ކަންތައްތައް. ދަންނަވަންތޯ، ހަމަޖެހުމެއްނެތި ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ. އެންމެ ފުރަތަމަ ކަމަކީ، ޤައުމުގައި ހަމަޖެހުން އުފެއްދުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުގެ އެންމެ މުހިންމު އަމާޒަކަށްވާނީ، ރާއްޖޭގެ ޞުލްޙަމަސަލަސްކަން ދެމެހެއްޓުން. ހަމަޖެހުން ޤާއިމުކުރުން. ތަފާތު ޚިޔާލުގެ މީހުން އުޅޭނެ. ތަފާތު ފިކުރުގެ މީހުން އުޅޭނެ. އެހެން ނަމަވެސް، އެ ފިކުރުތަކާ އެކީގައި، އެ ވިސްނުމާ އެކީގައި، އެ ޚިޔާލުތަފާތުވުންތަކާ އެކީގައި ކުރިއަށް ދިޔުން ނޫން ގޮތެއް ސަރުކާރަކަށް ނޯންނާނެ. އެ ޖާގަވެސް ދޭންޖެހޭނެ. އެހެން ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަންވާނީ، އެ ޚިޔާލުތަފާތުވުންތަކާ އެކީގައިވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.