Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް --

24 Aug 2023
ޚަބަރު

މިއީ ދެވަނަ ބުރެއްނެތި އަނެއްކާވެސް އެމްޑީޕީން ވެރިކަމަށް އަންނާނޭ ފަހަރު: ރައީސް

މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ދެވަނަ ބުރެއް ނޯންނާނެ ކަމަށާއި، މިއީ އަނެއްކާވެސް އެމްޑީޕީ ދެވަނަ ބުރެއް ނެތި ވެރިކަމަށް އަންނާނޭ ފަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ އުފާވެރިއަމާން ރާއްޖެ ކެމްޕޭނުގައި، އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ އިޤުތިޞާދީ ސިޔާސަތުތައް ޙާމަކުރުމަށް، "ޒަމާނަކުން އައި ޒަމާނެކޭ"ގެ ނަމުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިއިންތިޚާބުގެ ކެމްޕޭނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރެވިފައިވާ ކަމަށާއި، އެވާހަކަތައް ދަންނަވަނީ ސަބަބެއް ނެތި ނޫންކަމަށެވެ. މިގޮތުން ވަޑައިގެންނެވުނު ކޮންމެ ރަށަކުންވެސް ފެނިވަޑައިގަތީ އެނބުރި އަނިޔާވެރިކަމުގެ ތެރެއަށް ދާން ރައްޔިތުން ބޭނުން ނުވާ މަންޒަރުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

"ބޭނުން ވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށްޓަކައި، އަޅުގަނޑުމެން ފަށާފައިވާ މިމަސައްކަތް، ގެންގޮސް ނިންމާލަން."

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އައިރު ރާއްޖޭގެ ޙާލަތު އޮތް ގޮތުގެ މައްޗަށްވެސް އަލި އަޅުއްވާލެއްވިއެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން ދިޔައީ ވެރިކަމަށް ހޮވިދާނެހެން ހީވާކޮންމެ މީހަކު ގެންގޮސް ބަންދުކުރަމުން ކަމަށެވެ. އެގޮތުން ސިޔާސީ ވާހަކަ ދައްކާ ވެރިކަމުގެ ބަސް ބުނެފާނެހެން ހީވާ ކޮންމެ މީހަކު ގެންގޮސް ބޭތިއްބީ ޖަލުގައި ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެކަމަކު މިއަހަރު މިކުރިމަތިލަނީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަހަރާއި ކަމަށެވެ. އަދި ޚިޔާލުފާޅުކުރުމާއި މިނިވަންކަމަކީ، ވެރިކަމަށް އޮތް ހުރަހެއް ނޫންކަމަށާއި، މިސަރުކާރުން ސާފުކޮށްދިނީ އެކަންކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ރާއްޖޭގެ 100 ވުރެ ގިނަ ރަށަށް ވަޑައިގެންފައެވެ. ހޯމަދުވަހު އެމަނިކުފާނު މާޅޮސްމަޑުލުގެ ރަށްރަށަށް ފެއްޓެވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި މާލެ ވަޑައިގެންނެވީ މިއަދު އެވެ. އެމަނިކުފާނު މާޅޮސް މަޑުލު ދެކުނުބުރީގެ ހުރިހާ ރަށަކަށް ވަޑައިގެންނެވިއިރު، މާޅޮސްމަޑުލު އުތުރުބުރީގެ 6 ރަށެއް ފިޔަވައި ހުރިހާ ރަށަކަށްވެސް ވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.