Advertisement

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން ކުރިޔަށް ދަނީ ---

27 Aug 2023
ޚަބަރު

ތިން ކެންޑިޑޭޓެއްގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއި ނުކުރޭ: އީސީ

ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ތިން ކެންޑިޑޭޓެއްގެ ފަރާތުން ސޮއެ ނުކުރާކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަ ޑިމޮކްރެޓްސް، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އަދި ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަމުން އެބަދާކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓް ޙަސަން ޒަމީލް އަދި ރިޔާސީ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ގެ ފަރާތްޕުޅުން ހުރިހާ ލިސްޓެއްގައި މިހާރު ވަނީ ސޮއިކުރައްވާފައި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބު 2023 ގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ގައި، ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން މިރޭގެ 10:00 އާ ހަމަޔަށް ކުރިޔަށް ދާނެކަމަށެވެ. މީގެ އިތުރުން ޙަބީބު ވިދާޅުވީ، ވޯޓާސް ލިސްޓުތައް ފޮނުވަންޖެހޭ މަރުކަޒުތަކަށް ފޮނުވުމަށްޓަކައި ޕެކް ކުރުމުގެ މަސައްކަތް މާދަމާ ކުރިޔަށް ދާނެ ކަމަށާއި، ވޯޓުކަރުދާސް ޗެކްކޮށް ޕެކް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިޔަށް ދާކަމަށެވެ.

އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ގައި، ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރާގޮތަށް ހަމަޖައްސާފައި ވަނީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާޠިލްކޮށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ނެރުނު އިންތިޚާބާއި ބެހޭ ރޫލިންގެ ދަށުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.