Advertisement

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބުދުﷲ--

19 Aug 2023
ޚަބަރު

ކެމްޕޭނަށް ހުރަސް އެޅުމާއި އަނިޔާވެރިވުން ބަލައި ނުގަނެވޭނެ ކަމުގައި ހޯމް މިނިސްޓަރު ވިދާޅުވެއްޖެ

ކެމްޕޭނަށް ހުރަސް އެޅުމާއި އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން މިއަދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ކެމްޕޭނުކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެފަދަކަންކަމުން ދުރުވެތިބުމަށް ގޮވާލައްވާ ކަމަށެވެ.

ކެމްޕޭންތަކަށް ހުރަސް ނޭޅުއްވުމަށް ހޯމް މިނިސްޓަރ އިމްރާން މިގޮތަށް ގޮވާލެއްވިއިރު، މިއަދު ހަވީރު، މާލެ އަތޮޅު ގުރައިދޫގައި ވަނީ އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުންނަށް އަނިޔާވެފައެވެ. އަދި އެމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރުވެސް އޭނާ މިއަދު ބޭއްވެވި ކެމްޕޭން ރެލީއެއްގެ ތެރެއިން މީހަކު އޭނާއަށް ހަމަލާއެއް ދިންކަމުގައި ވަނީ ވިދާޅުވެފައެވެ. އުމަރު ތުހުމަތު ކުރައްވާފައިވާ ގޮތުގައި އޭނާއަށް ހަމަލާދީފައި ވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެކެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވަމުން އަންނައިރު، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް ޕީޕީއެމްގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފައިވެއެވެ. މީގެ އިތުރުން ގދ އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅާއި ދިމާކޮށް މަޑަވެލީގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ބަޔަކު ރޯކޮށްލައި އަންދާލާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.