Advertisement

22 Aug 2023
ޚަބަރު

ސިޔާސީ ހަމަޖެހުން ގެނެސްދިން ސަރުކާރެއް މިނޫނީ ނެތް: ހިސާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނޫނީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނެސްދިން ސަރުކާރެއް މިހާތަަނަށް ނެތްކަމަށް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، މަޖިލީހުގައި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ބ. ތުޅާދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

މި ޖަލްސާގައި ހިސާން ވަނީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށީއްސުރެ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ލިބިފައި އޮތީ ކޮން ސަރުކާރެއްގައިތޯ ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ތަރައްގީ އާއި ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ސިޔާސީ ހަމަޖެހުމާ ނުލައި ހާސިލު ނުކުރެވޭނެ ކަމަށާއި، ހަމަނުޖެހުމުގެ ތެރެއިން ކުރިމަތިވާނީ އިތުރު ލަސްކަމެއް ކަމަށެވެ.

"މި ސަރުކާރު ނޫނީ މި ރާއްޖެއަކަށް ސިޔާސީ ހަމަޖެހުން ގެނެސްދެއްވާފައެއް ނެތް،"  ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރު ބަދަލުވެއްޖެ ނަމަ، އަނެއްކާވެސް ސިޔާސީ ބާރުވެރިކަން ދެއްކުމާއި ފަސާދަ އާއި އަނިޔާވެރިކަމަށް ދޮރު ހުޅުވިގެން ދާނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީން އިސްވެ އޮވެ ހިންގައި ސަރުކާރެއް ރާއްޖޭގައި އޮތުން މުހިންމުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

ހިސާންވަނީ ރާއްޖޭގެ ހަމަޖެހުން ކަށަވަރުކޮށްދިނުމަށް ތުޅާދޫ ރައްޔިތުންގެ ވޯޓު މުހިންމުކަން ފާހަގަކުރައްވާފައެވެ. 

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބ. ތުޅާދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ވެސް އިފްތިތާޙްކޮށްދެއްވައިފިއެވެ. އެމަނިކުފާނު ވަނީ ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި، އެރަށުގެ 100 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އައު އޮފީސް ހުޅުއްވައިދެއްވާފައެވެ.

ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން 140 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް އަދި 30 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖަހާފައިވެއެވެ.

ތުޅާދޫގައި ތަރައްޤީކުރި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކޮށްފައިވަނީ ޖޮއިންޓް ވެންޗަރ އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އަދި ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި ހައުސިންގ ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.