Advertisement

26 Aug 2023
ޚަބަރު

ތިމާވެއްޓަށް ގެއްލުން ނުވާގޮތައް ކެންޕެއިން ކުރިއަށްގެންދޭ: އީޕީއޭ

އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައެއް ފަރާތްތަކުން ތިމާވެއްޓާއި ދިރޭތަކެއްޗަށް ގެއްލުންވާފަދަ ހަރަކާތްތައް ކުރިއަށްގެންދާތީ އެކަމުގެ ކަންބޮޑުވުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ފާޅުކޮށްފިއެވެ.

އީ.ޕީ.އޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ރާއްޖޭގެ ތިމާވެއްޓަށާއި ދިރޭތަކެއްޗަށް ގެއްލުންވާގޮތްގޮތަށް ކެމްޕެއިންގެ އެކި ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތުން ބައެއް ރަށްރަށުގައި ހެދިފައިވާ ހިމާޔަތްކޮށްފައިވާ ގަސްގަހާގެއްސަށާއި ދުވަސްވީ ބޮޑެތި ގަސްގަހާގެއްސަށް ގެއްލުންވާ ގޮތަށް މޮހޮރުފަދަ ތަކެތި ޖަހާ ކެމްޕެއިން ބެނާތައް ޖަހަމުން އަންނަކަމަށް އީ.ޕީ.އޭގެ ބަޔާނުގައި ވިދާޅުވިއެވެ.

މީގެއިތުރަށް ޖަނަވާރާއި ރުއްގަހަށް ސްޕްރޭކޮށް ދަވާދުލުމާއި ކެމްޕެއިން ހަރަކާތްތަކަށް ބޭނުންކުރާ ބައެއް ލީފްލެޓާއި ޕޯސްޓަރުތަކާއި ކަރުދާސްތައް މަގުމައްޗަށް އުލާކާފައި ހުންނަކަން ފާހަގަކުރެވޭކަމަށް އީޕީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެކި އިވެންޓްތަކުގައި ގިނަ ޢަދަދަކަށް ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ބޭނުންކޮށް، ކުނީގެ ގޮތުގައި އުކާލުމަށްފަހު އެ ތަކެތި ރަނގަޅަށް މެނޭޖްނުކުރާކަންވެސް އީޕީއޭއިން ފާހަގަކުރައްވައެވެ.

ރާއްޖެ އުފެދިފައިވާ ގޮތުންނާއި ރަށްތަކުގެ ރައްކާތެރިކަމަށް ނުހަނު މުހިއްމު ދައުރެއް އަދާކުރާ ރަށްރަށުގެ ވަށައިގެން ގުދުރަތީގޮތުން އުފެދިފައުވާ ފަރުގެ ސަރަހައްދުތަކުގައިވާ މުރަކަތަކަށް ގެއްލުންވާގޮތަށް ފަރުތައް ތޮރުފާ ނުވަތަ ހަލާކުކޮށްގެން ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖެހުން ފަދަ ކަންކަން ކުރަމުންދާކަމަށްވެސް އެ އިދާރާއަށް ފާހަގަކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ކެމްޕެއިން ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންވާގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އީ.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.