Advertisement

27 Aug 2023
ޚަބަރު

ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ: މާރިޔާ

ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މި ބަހުސަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް އާއި ޤައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ބަހުސެކެވެ. މި ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެނޑިޑޭޓުންނަށް ވަނީ އަރުވާފައެވެ.

ރައީސްގެ ތަރުޖަމާން މާރިޔާ މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވިދާޅުވީ ޓީވީ ޗެނަލްތަކުން ބާއްވާ ބަހުސްގައި ރައީސް ބައިވެރިވެވަޑައި ނުގެންނެވިނަމަވެސް، ޤައުމީ ޔުނިވާސިޓީން ބާއްވާ ބަސްހުސްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީ، ޔުނިވާސިޓީއަކީ ޢިލްމީ ބަހުސްތައް ހިނގާތަނެއްކަމަށްވުމެވެ.

މީޑިއާއަށް އަރައި އިޝްތިހާރުވެވަޑައިގަތުމަށް ރައީސް ބޭނުންފުޅު ނުވާކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން މީޑިއާތަކުގެ ވަކިވަކި ބަހުސްއަށް އެރުއްވުމަށްވުރެ ރައީސްއަށް މުހިންމީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުންކަަން މާރިޔާ ފާހަގަކުރެއްވިއެވެ.

ރިޔާސީ ބަހުސް އޮންނާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ރޭ 21:00ގައި ޕީއެސްއެމްގައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.