Advertisement

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ---

26 Aug 2023
ޚަބަރު

ތޮއްޑޫ ދާއިރާގެ މެމްބަރު އެމްޑީޕީއަށް ސޮއެކުރައްވައި ކެމްޕޭނަށް ނުކުންނަވައިފި

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން އަލުން އެމްޑީޕީއަށް ސޮއެކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޓީމާއި ގުޅިވަޑައިގެންފިއެވެ.

ޝިޔާން އެމްޑީޕީއަށް ސޮއެކުރައްވާފައި ވަނީ ރޭގައެވެ.

ރައީސް ނަޝީދަށް ކުރެއްވި ތާއީދު ދޫކޮށްލައްވައި، އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށްފަހު، ޝިޔާން ވިދާޅުވީ، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، އެއީ ދާއިރާގެ ރައްޔިތުންނާއި އަދި މުޅިރާއްޖޭގ ގިނަ ދިވެހި ރައްޔިތުންގެ ވިންދުވެސް ހުރިގޮތަކީ އެއީ ކަމަށްވާތީއެވެ. މީގެ އިތުރުން ތޮއްޑޫދާއިރާ ސާފު ބޮޑު އަޣުަލަބިއްޔަތާއި އެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމުގައިވެސް ޝިޔާން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާންއަކީ، ދަ ޑިމޮކްރެޓްސް އުފެއްދެވުމަށްޓަކައި އެމްޑީޕީން ވަކިވެވަޑައިގެންނެވި، 13 މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މިހާތަނަށް މަޖިލީހުގެ ދެމެމްބަރަކު ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕިއާ ގުޅިވަޑައިގެންފައެވެ.

އެމްޑީޕީއަށް އަލުން ސޮއެކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ، ކެމްޕޭނަށް މިއަދު ދާއިރާއަށް ވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.