Advertisement

ދުވާފަރުގައި ބޭއްވި ޖަލްސާގައި. ފޮޓޯ: ޓްވިޓަރ

24 Aug 2023
ޚަބަރު

ދުވާފަރަށް އެއަރޕޯޓެއްގެ ފެހި ސިގްނަލް ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ 2 ވަނަ ދައުރެއްގައި ދުވާފަރަށް ކޮށްދެއްވާނެ ގިނަ ކަންތައްތައް އެމަނިކުފާނު އިއުލާންކުރައްވައިފިއެވެ. މިއާއިއެކު ޖަލްސާގައި ބައިވެރިވި ދުވާފަރު ރައްޔިތުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ، ރ. ދުވާފަރުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެކަމަށެވެ. އަދި ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ދުވާފަރުގައި ބަހުގެ ޚިދުމަތް ފަށްޓަވާނެ ކަމަށެވެ. 

ދުވާފަރުގައި އެއަރޕޯޓެއް އަޅުއްވައިދެއްވާނެކަމުގެ ފެހި ސިގްނަލްވެސް ރައީސް ވަނީ ދެއްވާފައެވެ. އެގޮތުން ދުވާފަރު ރައްޔިތުންގެ އެންމެ ބޮޑު އެއް އެދުމަކީ އެރަށުގައި އެއަރޕޯޓެއް އެޅުންކަމަށާއި އެއަރޕޯޓެއް އެޅުމާ ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް މިޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ.

"ތިޔަބޭފުޅުންގެ ތިޔަ އެދުމާ އެކީގައި އަޅުގަނޑު ޕްލޭނިން މިނިސްޓްރީ އާއި، ޕޮލިސީ ޓީމު އަދި ފައިނޭންސް މިނިސްޓްރީއާ އެކު އަދި އިށީންނާނަން. ތިޔަބޭފުޅުން އުންމީދު ގެއްލުވާނުލާ. އަޅުގަނޑުމެން ތިޔަބޭފުޅުންނަކަށް ދެރަގޮތެއް ނުހަދާނަން" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ދުވާފަރުގައި މިހާރު ހިއްކާފައިވާ 22 ހެކްޓަރު ބިމުގައި ފްލެޓާއި ރޯހައުސް އަޅުއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދުވާފަރަކީ މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ ބައެއް އުޅޭ ރަށެއްކަމަށާއި މަސްވެރިން އެދޭ ގޮތަށް ދުވާފަރުގައި މަސް ޕްރޮސެސްކޮށް މަސްވެރިން ބާނާ މަސް ރައްކާކުރެވޭނެ އިންތިޒާމްތައް ދެވަނަ ދައުރުގައި ހައްދަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުވާފަރުގައި ނުހަދާ އޮތް މަގުތައްވެސް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.