ރިޔާސީ އިންތިހާބު 2023
ރިޔާސީ އިންތިހާބު 2023
15 Sep 2023
ޚަބަރު
ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު 408 ޒުވާނުންނަށް މުޅިން އަލަށް ލިބެއެވެ. އެއީ ސެޕްޓެންބަރު 30 ގެ ކުރިން 18 އަހަރު ފުރޭ 196 އަންހެނުންނާއި، 212 ފިރިހެނުންނެވެ.
14 Sep 2023
ޚަބަރު
ފުރަތަމަ ބުރުގައި ލޮލަށް ނުފެންނަ 45 މީހަކު ޓެންޕްލޭޓް ބޭނުންކޮށްގެން ވޯޓު ލި
ލޯފަން މީހުންނަށް ވޯޓުލުމަށް ހާއްސަކޮށްފައިވާ ޓެންޕްލޭޓް ބޭނުންކޮށްގެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 45 މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި އެވެ. އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު މި އިންތިހާބުގައި ވޯޓު ލެވޭ އިންތިޒާމް ހަމަޖައްސާފައި ވާތީ ބައިނަލްއަގްވާމީ އޮބްޒާވަރުން ވެސް ވަނީ އީސީއަށް ތައުރީފްކޮށްފަ އެވެ.
13 Sep 2023
ޚަބަރު
އުއްމީދީ ޑޯ-ޓު-ޑޯ ހަރަކާތަކަށްފަހު މެޑަމް ފަޒްނާ ގެއަށް ވަޑައިގެންނެވިފަހުން އުފާވެރި މެސެޖެއް
މެޑަމް ފަޒްނާ މިއަދުގެ ތަޖުރިބާއާ ގުޅޭގޮތުން ދެން ވިދާޅުވީ، ގެއަށް ވަޑައިގެން ފޯނު ބަލާލެއްވުމުން ވަރަށް އުފާވެރި މެސެޖެއް ލިބިލެއްވި ކަމަށާއި، އެ މެސެޖާމެދު އުފާވީ، އެއީ ކޮންމެހެން ޕީ.ޕީ.އެމް މީހެއްގެ މެސެޖަށް ވެގެން ނޫންކަމަށާއި އެފަރާތުން މިސަރުކާރު ދަމަހައްޓަށް ބޭނުންވާ ސަބަބެއްގެ ގޮތުގައި މެންޓަލް ހެލްތާއި އިޖްތިމާއީ ސިޔާސަތުތަކަށް ދޭ އަހައްމިއްޔަތު ފާހަގަކޮށްފައި ވާތީއެވެ.
13 Sep 2023
ޚަބަރު
ރައީސް ޞާލިޙްގެ ވެރިކަން ބަދަލުވެއްޖެނަމަ, އެއީ ވިލާ ގްރޫޕަށް އޮތް ބިރުވެރިކަމަކަށް ވެދާނެބާ؟
2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވެރިކަމަށް ވަޑައިގެންނެވީ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހައްދަވައިގެންނެވެ. ނަމަވެސް އެ ކޯލިޝަން ރޫޅި, ރައީސް ޔާމިންގެ ވެރިކަމުގައި އެންމެ ބޮޑު އަނިޔާއެއް ލިބިލެއްވި އެއް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމްއެވެ. މީގެ އިތުރުން، އެ މުއްދަތުގައި ސަރުކާރުން ވަނީ އެބޭފުޅާގެ ވިޔަފާރިތަކަށް ވެސް ދަތި ކޮށްފައެވެ.
12 Sep 2023
ޚަބަރު
އިންތިހާބު ދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކު: ކޮމަންވެލްތް ގްރޫޕް
މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކުރިއަށްދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކުގައި ކަމަށް މިއިންތިޚާބު އޮބްޒާވްކުރި ކޮމަންވެލްތު ގްރޫޕުން ބުނެފިއެވެ. ރާއްޖޭގައި އިންތިޚާބު އޮބްޒަރކުރި ކޮމަންވެލްތު ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝޭޝެލްސްގެ ކުރީގެ ރައީސް އަދި އިންތިޚާބުގައި ކޮމަންވެލްތު އޮބްސަރވާ ގްރޫޕްގެ ޗެއަރކަން ކުރެއްވި ޑެނީފޯ ވިދާޅުވީ، އިންތިޚާބު އޮބްޒާވްކޮށްފައިވަނީ ނޭޝަނަލް ކޮމަންވެލްތު އުސޫލާއި އެއްގޮތަށްކަމަށެވެ.
11 Sep 2023
ޚަބަރު
ރިޔާސީ އިންތިޚާބުގައި 3 ކެންޑިޑޭޓަކަށް ލިބުނު ވޯޓު ބާޠިލު ވޯޓަށް ވުރެވެސް މަދު
11 Sep 2023
ޚަބަރު
ކެމްޕޭނަށް ބަދަލުތަކެއް ގެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، އެއްބުރުން ކާމިޔާބު ނުކުރެވުމާއި ގުޅިގެން، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި އެކު، ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހުގައެވެ.
11 Sep 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އާއްމުކޮށްފި
އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓްގައި މިހާރު ވަގުތީ ނަތީޖާ އާއްމުކޮށްފައި ވާއިރު، މީޑިއާތަކުން ގެނެސްދިން ވަގުތީ ނަތީޖާއާ މާބޮޑު ތަފާތެއް ނެތެެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ކުރީގައި އުޅުއްވަނީ، އިދިކޮޅު ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
11 Sep 2023
ޚަބަރު
2 ވަނަ ބުރުގައިވެސް ކެނޑިޑޭޓުންގެ ނަންބަރަކީ ކުރީގެ ނަންބަރު
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރީގެވެސް ނަންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރީގެވެސް ނަންބަރުކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ.
11 Sep 2023
ޚަބަރު
އިންތިހާބު ދިޔައީ ރަނގަޅަށް، ނަތީޖާއަށް އަސަރުކުރާ ކަމެއް ނެތް: ޓްރާންސްޕޭރަންސީ
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ދިޔައީ ރަނގަޅަށް ކަމަށާއި ނިޒާމީ ލެވެލެއްގައި ވޯޓުލުމުގައި އޮޅުވާލުމުގެ މައްސަލައެއް ނުވަތަ ވޯޓުގެ ސައްހަ ނަތީޖާއަަށް އަސަރުކުރާ ވަރުގެ ކަމެއް ނުހިނގާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ. ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޓްރާންސްޕޭރެންސީގެ އޮބްޒާވަރުން ހޯދި އިންތިގާލީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އިންތިހާބުގެ ހުރިހާ މަރުހަލާއެއްގެ ކަންތައްތައް ޖުމްލަ ގޮތެއްގައި ގޮސްފައިވަނީ ރަނގަޅަށެވެ.
11 Sep 2023
ޚަބަރު
އިދިކޮޅުގެ ދޮގު ވާހަކަތަކަށް ރައްދު ނުދެވުމަކީ ދިމާވި މައްސަލައެއް: ރައީސް
އިދިކޮޅުން ފެތުރި ދޮގުތަކަށް ރައްދުނުދެވުމަކީ ކެންޕެއިންގައި ދިމާވި އެންމެ ބޮޑު މައްސަލަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، ދެވަނަ ބުރުގައި ހާމަކުރެވެންހުރި ހުރިހާ އެއްޗެއް ހާމަކޮށް އިތުރަށް ހަގީގަތް އޮޅުންފިލުވައިދެއްވާނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ، ރާއްޖެ ޓީވީއަށް ދެއްވި ފޯނު އިންޓަވިއުއެއްގައެވެ.
10 Sep 2023
ޚަބަރު
އިންތިހާބާއި ގުޅޭ 51 މައްސަލަ ހުށައެޅި
ރިޔާސީ އިންތިޚާބާއި ގުޅިގެން ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 51 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ހަބީބް ވިދާޅުވީ މި މައްސަލަތަކާ ގުޅިގެން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކުރެއްވިކަމަށެވެ. އަދި ތަޙްޤީޤު ކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަޙްޤީޤް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
10 Sep 2023
ޚަބަރު
2 ވަނަ ބުރައް ތައްޔާރުވާން ފަށައިފިން: ރައީސް
އިންތިހާބުގެ 2 ވަނަ ބުރަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ބަޔަކާއި ގުޅިވަޑައިގަންނަވަން ޖެހޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ރޭ އިންތިހާބުގެ ވަގުތީ ނަތީޖާ ސާފުވިތާ ކުޑައިރުކޮޅެއްފަހުން އެމަނިކުފާނުގެ ރަސްމީ ކެމްޕޭން އޮފީސް ހުންނަ ޝައިންޓްރީއިމާރާތުން ނުކުމެވަޑައިގެންނެވި ވަގުތު ބޭރުގައި ތިބި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
10 Sep 2023
ޚަބަރު
އިންތިހާބު އެއް ބުރުން ކާމިޔާބެއް ނުވި، 2 ވަނަ ބުރު މިމަހުގެ 30 ގައި
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އެއްވެސް ބޭފުޅަކަށް އެއް ބުރުން ކާމިޔާބު ނުވެ 2 ވަނަ ބުރަކަށް ދާންޖެހިއްޖެއެވެ. އިންތިޚާބުގައި ބެހެއްޓުނު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 46.15 އިންސައްތަ ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒުއަށް 101453 ވޯޓް ލިބިވަޑައިގެންފައިވެއެވެ.
09 Sep 2023
ޚަބަރު
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުުރިޔަށް ދަނީ
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި، 282،395 މީހުންނަށް ވަނީ ވޯޓުލުމުގެ ޙައްޤު ލިބިފައެވެ. މިފަހަރުގެ އިންތިޚާބަށް ، 574 ވޯޓުފޮށި ބަހައްޓާފައި ވާއިރު، މާލޭގައި 176 ވޯޓުފޮށި އަދި ރާއްޖެއިން ބޭރުގައި، 8 ވޯޓުފޮށި ބަހައްޓާފައިވެއެވެ.
08 Sep 2023
އެ މެނިފެސްޓޯ މި މެނިފެސްޓޯ
އެ މެނިފެސްޓޯ މި މެނިފެސްޓޯ
މި ވީޑިއޯގައި އަޅާކިޔާފައިއެވަނީ، ދެ މެނިފެސްޓޯގައި ހުރި އެއްގޮތް ކަންކަން ނުހިމަނާ، ތަފާތުކަންކަން ދިރާސާކޮށްގެންނެވެ.