Advertisement

15 Sep 2023
ޚަބަރު

ފާއިތުވި ފަސް ދުވަހު އިސްތިޙާރާ ކުރުމުންވެސް ޝެއިޙްގެ ހިތް ބުނީ އެއް ވާހަކައެއް

މި ސެޕްޓެމްބަރ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް އެންމެ ރަގަޅު ކެނޑިޑޭޓަކީ ކޮބައިތޯ ބެލުމަށް އެކި މީހުން މިނެ ކިރަނީ އެކި ގޮތްގޮތަށެވެ. އިސްލާމްދީނުގައި މިފަދަ ދަނޑިވަޅުތަކުގައި، ކަންތައްކުރާނެ ގޮތުގެ ޙައްލެއްގެ ގޮތުން އިސްތިޚާރާ ނަމާދު ޝަރުޢުކުރައްވާފައިވެއެވެ. މިއީ ކުރިމަތީގައި އޮތް ދެގޮތުންކުރެ ބޮޑަށް ރަނގަޅުގޮތެއް ދެއްކެވުން އެދި ކުރާ ނަމާދެކެވެ.

ކުރިޔަށް މިއޮތް އިންތިހާބުގައި ވޯޓުލާނެ ކެނޑިޑޭޓެއް ނިންމުމުގެ ކުރިން އައްޝައިޙް އިލްޔާސް ޖަމާލު ހިޔާރުކުރެއްވީ މިގޮތަށް ޢަމަލު ކުރުމަށެވެ. އެގޮތުން ފާއިތުވި ފަސް ދުވަހު އިސްތިޚާރާ ނަމާދުކޮށް ދުޢާ ކުރުމުން ވެސް ޝެއިޙް އިލްޔާސްގެ ހިތް ބުނީ އެއް ވާހަކައެއް ކަމަށާއި، އެއީ މިޤައުމު މިއޮތް ޙާލަތާއި ސިޔާސީ މަސްރަޙަށް ބަލާއިރު އަދިވެސް އެންމެ ރަނގަޅު ޗޮއިސްއަކީ ހަމަ އޯގާތެރި، ޙިކުމަތްތެރި، ކެތްތެރި އަދި ޙިލްމުވެރި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް ވޯޓު ދިނުން ކަމަށެވެ. ޝެއިހް އިލްޔާސް މިކަން ހާމަކުރެއްވީ މިއަދު ކުރެއްވެވި ޓްވީޓެއްގައެވެ.

ޝެއިހް އިލްޔާސް ޖަމާލްގެ ޓްވީޓް

މީގެ ކުރިންވެސް ނޫން އަށް ދެއްވި ޙާއްޞަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ވެރިކަމަށް ދަހިވެތިވެގެން ވެރިކަމަށް އަންނަން ބޭނުން މީހުންނާއި އަދި ގިނަ ބަޔަކަށް ފެނިގެން ވެރިކަމަށް ގެންނަ މީހާގެ ތަފާތު އައްޝައިޙް އިލްޔާސް ޖަމާލް އޮޅުންފިލުވައި ދެއްވާފައިވެއެވެ.

އެގޮތުން، ވެރިކަމަށް ދަހިވެތިވެގެން އަންނަ މީހާއަށް ވެރިކަން ދިނުމަކީ ދީނީ ގޮތުން ބަލާއިރު ރަގަޅުކަމެއް ނޫންކަމަށާއި، އެބޭފުޅާ ނޫން، އެ ކަމަށް ޤާބިލް އެހެން ބޭފުޅަކު ހުންނެވިނަމަ އެ ބޭފުޅަކު ވެރިކަމަށް ގެނައުން މާ އަޢުލާކަން ބޮޑުކަން ޝެއިޙް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން އިސްލާމީ ވެރިކަމެއްގައި އެންމެ މުހިންމު އެއްސިފައަކީ މަޝްވަރާގެ މަތިން އެ ވެރިކަމެއް ކުރުން ކަމަށާއި، އެ މާތް ސިފަފުޅު ވެސް، ރައީސުލްޖުމްޙުރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙްގެ ފުށުން ފެންނަކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޙް އިލްޔާސް ޖަމާލް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.