Advertisement

17 Sep 2023
ޚަބަރު

ޝިޔާމް ހުންނެވީ ރައީސްއާއިއެކު ގަދަކޮށް، މިކަން ކާމިޔާބުވާނެ: މައުރޫފް

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ހުންނެވީ ރައީސް ސޯލިހާ އެކު ގަދަކޮށް ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު ރޭ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 9ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ރައީސްގެ ކޯލިޝަން ޕާޓްނަރު، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ރައީސް ސޯލިހުގެ ކެމްޕޭނު ހަރަކާތްތަކުން ފެނިވަޑައިނުގަންނަވާތީ ސިޔާމް ރައީސާ ފެއަށް ޖެހިވަޑައިގަންނަވަން އުޅޭ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރޭ ސޯސަން ޖަގަހައިގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ދެ ވަނަ ބުރަށް ރައީސް ކުޅިބައި އަތުރާލައްވައި ކޯލިޝަނާ އެކު ނުކުންނަވާފައިވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ، އެމްޑީޕީ އަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނެސް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިން ޕާޓީ ކަމަށާއި އެ ޕާޓީ އަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ރާއްޖެ އުފާވެރިކަން މަތީ ބާއްވާނެ ޕާޓީ ކަމަށެވެ. ކޯލިޝަން ނުރޫޅޭ ކަމަށާއި ކެމްޕޭނު ހަރަކާތްތައް ރަށްރަށުގައި ވެސް ވަރުގަދައަށް ޖައްސަން އެދިވަޑައިގަންނަވާ ކަމަށް މައުރޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ރައީސްއާ ގާތް ގުޅުމެއް އެބައޮތް،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، އަޒުމަށް ބަދަލު ނާންނަ ކަމަށާއި، އެމްޑީއޭގެ ގަދަ ފަހުލަވާނުން ރައީސާ އެކު އެބަ ތިބި ކަމަށެވެ. އަދި މި އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

ފުރަތަމަ ބުރުން ބަލިވީ ސަޕޯޓާއި ތާއީދުގެ އިތުރުން، ވޯޓު ދޭން ތިބި މީހުން މަދުވެގެންނެއް ނޫން ކަމަށާއި، ޓީމުތައް އަލުން އެކުލަވާލައި ގަދަކޮށް، އިންތިހާބު ކާމިޔާބު ކުރަން ޕްލޭން ހަދާފައިވާ ކަމަށްވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.