Advertisement

މެޑަމް ފަޒްނާ --- ފޮޓޯ: ރައީސް އޮފީސް

13 Sep 2023
ޚަބަރު

އުއްމީދީ ޑޯ-ޓު-ޑޯ ހަރަކާތަކަށްފަހު މެޑަމް ފަޒްނާ ގެއަށް ވަޑައިގެންނެވިފަހުން އުފާވެރި މެސެޖެއް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ޞާލިހަށް އިދިކޮޅު ކެންޑިޑޭޓަށްވުރެ މަދުން ވޯޓު ލިބުން ވެގެންދިއައީ އެންމެން ވެސް ހައިރާންވެ މާޔޫސްވިކަމަކަށެވެ. އެމް.ޑީ.ޕީ އިން ބުނީ ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އަނބުރާ އަންނާނީ އިތުރު ހިތްވަރާއެކު ކަމަށެވެ. ހިތްވަރު އެލުވާ ނުލައި އެމް.ޑީ.ޕީ އިން އަނެއްކާވެސް ކެމްޕޭނުގެ އަމަލީ މަސައްކަތްތައް ފަށާފައިވާއިރު މިއަދު މެޑަމް ފަޒްނާ ފޭސްބުކްގައި ހިއްސާކުރި ވާހަކައަށް ގިނަބައެއްގެ ސަމާލުކަން ލިބުނެވެ.

މިއަދު އެމް.ޑީ.ޕީގެ ބައެއް ބޭފުޅުން ޑޯރ-ޓު-ޑޯރ ކެމްޕޭނަށް ނުކުމެ މާފަންނު ހުޅަނގަށް ވަޑައިގެންނެވިއިރު މެޑަމް ފަޒްނާ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި މެޑަމް ވަނީ މިއަދު އަމިއްލައަށް ކުރެވުނު ތަޖުރިބާ ހިއްސާކޮށްފައެވެ. އެގޮތުން ގިނަބަޔަކު ދެރަވިއަސް އަދިވެސް އުއްމީދު ކަނޑާނުލާކަމަށާއި، ރާއްޖޭގެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ގުޅައިގެން ރީ-ރަޖިސްޓަރ ކުރުމުގެ މަރުހަލާ ކުރިއަށް އެބަ ގެންދާކަމަށާއި އެކި ފަރާތްތަކުން މިދަނޑިވަޅާ ދިމާކޮށް ފަތުރަމުންދާ ދޮގުވާހަކަތަކުގެ ހަޤީޤަތް މީހުނަށް އެބަ އޮޅުން ފިލުވާދޭކަމަށް ވެސް އެކަމަނާ ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓްގައި ވެއެވެ.

މިއަދު މެޑަމް ފަޒްނާއާ ވޯޓުލާން ނުދާ މީހުނާ ވެސް ދިމާވިއެވެ. އެއްބަޔަކު ތިބީ ދެވަނަ ބުރަކަށް ދާނެކަން ޔަޤީންވާތީ ދެވަނަ ބުރުގައި ވޯޓުލާން ކަމަށާއި އަނެއްބަޔަކު 'އޮފަރ' އެއް ލިބުމުން އަމިއްލަ އައި.ޑީ.ކާޑު ވެސް ދޫކޮށްލާފައިވާކަން މެޑަމް ފާހަގަކުރިއެވެ. ދެން މެޑަމް ފަޒްނާ ބައްދަލުކުރީ މާފަންނު ހުޅަނގު ދާއިރާގެ ގެއެއްގައި ކުއްޔަށް އުޅޭ ބަޔަކާއެވެ. އެމީހުންގެ ބައިވަރު ޝަކުވާ އެބަހުރިކަމަށާއި، އެހުރިހާ ވާހަކައެއް އަޑުއަހާފައި ވޯޓެއް ދޭން ބުނަން ނުކެރޭނެ ކަމަށް އެމީހުން ގާތު މެޑަމް ބުނިކަމަށްވެއެވެ. ބަދަލުގައި އެމީހުން ވެސް ހީލާފައި ބުނީ 'ދުވަހަކުވެސް އަދި އެއްވެސް މީހަކު/ޕާޓީއަކުންވެސް އަޅުގަނގުމެންގެ އަޑުއަހައެއް ނުލާ' މިހެންނެވެ.

މެޑަމް ފަޒްނާ މިއަދުގެ ތަޖުރިބާއާ ގުޅޭގޮތުން ދެން ވިދާޅުވީ، ގެއަށް ވަޑައިގެން ފޯނު ބަލާލެއްވުމުން ވަރަށް އުފާވެރި މެސެޖެއް ލިބިލެއްވި ކަމަށާއި، އެ މެސެޖާމެދު އުފާވީ، އެއީ ކޮންމެހެން ޕީ.ޕީ.އެމް މީހެއްގެ މެސެޖަށް ވެގެން ނޫންކަމަށާއި އެފަރާތުން މިސަރުކާރު ދަމަހައްޓަށް ބޭނުންވާ ސަބަބެއްގެ ގޮތުގައި މެންޓަލް ހެލްތާއި އިޖްތިމާއީ ސިޔާސަތުތަކަށް ދޭ އަހައްމިއްޔަތު ފާހަގަކޮށްފައި ވާތީއެވެ.

މެޑަމް ފަޒްނާގެ ޕޯސްޓު ނިންމާލަމުން އެންމެނަށް ވެސް ނަސީހަތްތެރިވެފައި ވަނީ މީހުނާ ޒުވާބުކުރުމުގައި ވަގުތު ބޭކާރުނުކޮށް އެންމެން ވެސް ވޯޓު ހޯދުމަށް މަސައްކަތް ކުރުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.