Advertisement

ފޮޓޯ: ޕީއެސްއެމް

13 Sep 2023
ޚަބަރު

ރައީސް ޞާލިޙްގެ ވެރިކަން ބަދަލުވެއްޖެނަމަ, އެއީ ވިލާ ގްރޫޕަށް އޮތް ބިރުވެރިކަމަކަށް ވެދާނެބާ؟

މި ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ނިންމާފައިވާއިރު، މި ބުރުގައި ކާމިޔާބު ކަށަވަރު ކުރުމަށް ކޮންމެ ކެނޑިޑޭޓަކަށް ވެސް އިތުރު ޕާޓީއަކާއި ނުވަތަ ކެނޑިޑޭޓަކާއި ގުޅުން މުހިންމު ވާނެއެވެ. މިކަމުގައި ފުން ވިސްނުންތަކެއް ވިސްނަންޖެހޭ އެއް ޕާޓީއަކީ ޖުމްހޫރީ ޕާޓީކަމަށް ސިޔާސީ މާހިރުން ދެކެއެވެ. ސަބަބަކީ ވެރިކަން ބަދަލުވެއްޖެނަމަ, އިދިކޮޅު ސިޔާސީ ލީޑަރުންގެ އިތުރުން, އެ ބޭފުޅުންނާއި ގުޅުންހުރި ވިޔަފާރިތައް ވެސް މީގެ ކުރިން އުނދަގޫ ދުވަސްތަކާއި ކުރިމަތިލާން ޖެހިފައި އޮތުމެވެ

2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވެރިކަމަށް ވަޑައިގެންނެވީ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހައްދަވައިގެންނެވެ. ނަމަވެސް އެ ކޯލިޝަން ރޫޅި, ރައީސް ޔާމިންގެ ވެރިކަމުގައި އެންމެ ބޮޑު އަނިޔާއެއް ލިބިލެއްވި އެއް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމްއެވެ. މީގެ އިތުރުން، އެ މުއްދަތުގައި ސަރުކާރުން ވަނީ އެބޭފުޅާގެ ވިޔަފާރިތަކަށް ވެސް ދަތި ކޮށްފައެވެ

އެގޮތުން ޓުއަރިޒަމް ވިޔަފާރިއަށް ބޭނުންވާ ބައެއް ތަކެތި ވިލާ ގްރޫޕުގެ ރިޒޯޓުތަކަށް އެތެރެކުރުން މަނާކޮށް، ރިޒޯޓު އޮޕަރޭޝަންއަށް އުނދަގޫ ކުރުމާއި، ވިލާއާ ގުޅޭ މައްސަލަތައް ކޯޓުތަކުން ބަލަމުން އަންނަނިކޮށް، ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ސަރުކާރުން ވިލާގެ އެކައުންޓުތައް ފްރީޒްކޮށް، ކަސްޓަމްސްއިން މުދާ ދޫކުރުން ހުއްޓާލައި އިމިގްރޭޝަނުން ދޭން ޖެހޭ ޚިދުމަތްތައް ހުއްޓާލުމުން ވަރަށް ދަތި އުނދަގޫ ހާލަތެއް ކުރިމަތި ވެފައިވާ ކަމަށް ގާސިމް އޭރު ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން ޤާސިމް އިތުރަށް ވިދާޅުވެފައިވަނީ ވިލާ ގްރޫޕްގެ ވިޔަފާރިތަކާ ދެކޮޅަށް ރައީސް ޔާމިންގެ ސަރުކާރުން ހިންގަވަނީ ހައްގު ނޫން އަމަލުތަކެއް ކަމަށާއި، ސަރުކާރުން އުޅުނީ އެބޭފުޅާ ބަނގުރޫޓު ކޮށްލުމަށް ކަމަށެވެ. މީގެ އިތުރުން ވިލާގެ ވިޔަފާރިތަކަށް ސަރުކާރުން ދަތިކުރަނީ ރާއްޖެ އާއި ދިވެހިންގެ ކުރިއެރުމާއި ހެވާއި ލާބައަށްޓަކައި އެބޭފުޅާ ކުރައްވާ މަސައްކަތްތައް ހުއްޓުވައިލުމަށް ކަމަށެވެ.

ސަރުކާރުން މި ކަންކަން ކުރީ ވިލާ ކުންފުނިން ޓެކްސް ނުދައްކާތީ ކަމަށް ބުނެ ނަމަޔަސް، ޤާސިމް އޭރު ފާހަގަ ކުރެއްވީ ވިލާގެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ދައްކަމުން ދިޔަ ކަމަށެވެ. އަދި ސަރުކާރާއި ވިލާގެ ކުންފުނިތަކާ ދެމެދު ވެވުނު އެއްބަސްވުންތައް ހުރި ކަމަށާއި އެ އެއްބަސްވުންތަކާ ޚިލާފުވީ ސަރުކާރުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ކޮންމެއަކަސް މި ދަތިކުރުންތަކާއި ގުޅިގެން ރިޒޯޓުތަކުގެ ހިންގުމަށް ބުރޫއެރިއެވެ. އަދި މިކަމާއި ގުޅިގެން މުވައްޒިފުން ބުނަމުންދިޔައީ އެމީހުންނަކީވެސް ދިވެހި ރައްޔިތުން ކަމަށާއި އެމީހުން އަނބިދަރިން ދޫކޮށް ރިޒޯޓުތަކުގައި މަސައްކަތްކުރަމުން ދަނީ ދިރިއުޅުމަށް ބޭނުންވާ އާމްދަނީ ހޯދުމަށް ކަމަށެވެ. މީގެ އިތުރުން ރިޒޯޓުތައް ހުއްޓުވުމުން ވަޒީފާ ގެއްލޭނެ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެމީހުންނާއި އެމީހުންގެ ޢާއިލާތައް ބަނޑަށް ޖެހޭނެ ކަމަށެވެ.

ވިލާގެ ރިޒޯޓެއްގައި އޭރުގެ ސަރުކާރާ ދެކޮޅަށް ކުރި އިޙްތިޖާޟުގެ ތެރެއިން, ފޮޓޯ: މިހާރު ނޫސް

މާޒީގައި ކަންތައްތައް މިހެން ހިނގާފައިވާއިރު، 30 ސެޕްޓެމްބަރގައި ބާއްވާ އިންތިހާބުން ސަރުކާރު ބަލިވެއްޖެނަމަ، ވިލާ ކުންފުންޏާއި އެ ކުންފުނީގެ މުވައްޒަފުންގެ ކުރިމަގަށް ވާނީ ކިހިނެއް ބާއެވެ؟ މި ސުވާލު އުފެދޭ އެންމެ މުހިންމު ސަބަބަކީ, ރައީސް ޔާމިން ޖޭޕީއާ އެކު ކޯލިޝަން ހައްދަވައިގެން 2013 ގައި ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް, ފަހުން ކުލަވަރު ބަދަލުވީތީއެވެ. ނަމަވެސް 2018 ގައި އެމްޑީޕީއިން ޖޭޕީއާ އެކު ހެދި ކޯލިޝަން ދައުރު ނިމެންދެން ދެމިއޮވެ, ޤާސިމް އިބްރާޙިމްގެ އެއްވެސް ވިޔަފާރިއަކަށް ރައީސް ޞާލިޙްގެ ވެރިކަމުގައި ސިޔާސީ ގޮތުން ނޭދެވޭ އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.