Advertisement

ފޮޓޯ: ޕީއެސްއެމް

17 Sep 2023
ޚަބަރު

ރީ ރެޖިސްޓްރީ ކުރެވޭނީ މިއަދު ހަވީރު 4 ޖަހަންދެން

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބުރަށް ރީ ރެޖިސްޓްރީވުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 4:00 އެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، އިއްޔެ ނިޔަލަށް ޖުމުލަ 25،493 މީހުން ރީ-ރެޖިސްޓަ ވުމަށް ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ފުރަތަމަ ދުވަހު 9،206 މީހުނާއި ދެ ވަނަ ދުވަހު 16،287 މީހުންނެވެ. އެ ދެ ދުވަސްތެރޭގައި އޮންލައިންކޮށް ޖުމުލަ 18،349 މީހުން ހުށަހަޅާފައިވެ އެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާ ތަން ބަދަލުކުރި ފަރާތްތަކުން، އިތުރު ފޮށްޓަކަށް ވޯޓު ލާން ޖެހޭފަދަ ހާލަތެއް، ނުވަތަ އެ ގޮތަށް ބޭނުންނުވާ ނަމަ، އަލުން ރީ ރެޖިސްޓަރ ކުރާކަށް ނުޖެހޭނެއެވެ. އެ ފަރާތްތަކަށް ފުރަތަމަ ބުރު ވޯޓު ލީ ފޮށްޓަށް ވޯޓުލެވޭނެއެވެ. އަދި ފުރަތަމަ ބުރު ވޯޓު ނުލާ ފަރާތްތަކުން ވޯޓު ލުމުގެ ހައްގު ޔަޤީން ކުރުމަށްޓަކައި، އެ ފަރާތެއް ވޯޓު ލުމަށް ރެޖިސްޓްރީވެފައިވާ ތަން ޗެކްކުރުން މުހިންމެވެ. އިލެކްޝަން ކޮމިޝަނުން ހާމަ ކޮށްފައިވާ ގޮތުގައި VR(space)ID.No ޖެހުމަށްފަހު 1414 އަށް މެސެޖު ކުރުމުން އެމީހަކު ވޯޓުލުމަށް ރެޖިސްޓްރީކޮށްފައިވާ ތަން ޔަޤީން ކުރެވޭނެއެވެ.

ވޯޓު ލުމަށް ބޭނުން ކުރެވޭނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ދިވެހި ޕާސްޕޯޓު، ޕާސްޕޯޓު ކާޑު ނުވަތަ ޑްރައިވިންގ ލައިސަންސްއެވެ. އަދި މިއިން ކޮންމެ ލިޔުމެއް ބޭނުން ކުރިޔަސް، އެ ލިޔުމަކީ މުއްދަތު ހަމަނުވާ، ފޮޓޯޖެހި، އައިޑީ ކާޑު ނަންބަރާއި ނަން އަދި މައުލޫމާތު ސާފުކޮށް ރަގަޅަށް ކިޔަން އެނގޭގޮތަށް އޮތް ލިޔުމަކަށް ވާންވާނެކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.