Advertisement

10 Sep 2023
ޚަބަރު

އިންތިހާބާއި ގުޅޭ 51 މައްސަލަ ހުށައެޅި

ރިޔާސީ އިންތިޚާބާއި ގުޅިގެން ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 51 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅިގެން އިއްޔެ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 26 މައްސަލަ ލިބިފައިވާކަމަށެވެ. އަދި ސިޓީ، އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅި 25 މައްސަލައާއެކު ޖުމުލަ 51 މައްސަލަ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

އީސީއަށް ލިބިފައިވާ މައްސަލަތައް:

ކެމްޕޭން ކުރުމާގުޅޭ 3 މައްސަލަ

އޮބްޒާވަރުންނާ ގުޅޭ 1 މައްސަލަ

ވޯޓުލުމުގެ ހައްޤާގުޅޭ 10 މައްސަލަ

ރަޖިސްޓްރޭޝަނާ ގުޅޭ 8 މައްސަލަ

އޮފިޝަލުންނާ ގުޅޭ 11 މައްސަލަ

ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލަ

ރިޝްވަތު ދިނުމާ ގުޅޭ 2 މައްސަލަ

އެހެނިހެން 2 މައްސަލަ

ހަބީބް ވިދާޅުވީ މި މައްސަލަތަކާ ގުޅިގެން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކުރެއްވިކަމަށެވެ. އަދި ތަޙްޤީޤު ކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަޙްޤީޤް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.