Advertisement

11 Sep 2023
ޚަބަރު

އިންތިހާބު ދިޔައީ ރަނގަޅަށް، ނަތީޖާއަށް އަސަރުކުރާ ކަމެއް ނެތް: ޓްރާންސްޕޭރަންސީ

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ދިޔައީ ރަނގަޅަށް ކަމަށާއި ނިޒާމީ ލެވެލެއްގައި ވޯޓުލުމުގައި އޮޅުވާލުމުގެ މައްސަލައެއް ނުވަތަ ވޯޓުގެ ސައްހަ ނަތީޖާއަަށް އަސަރުކުރާ ވަރުގެ ކަމެއް ނުހިނގާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޓްރާންސްޕޭރެންސީގެ އޮބްޒާވަރުން ހޯދި އިންތިގާލީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އިންތިހާބުގެ ހުރިހާ މަރުހަލާއެއްގެ ކަންތައްތައް ޖުމްލަ ގޮތެއްގައި ގޮސްފައިވަނީ ރަނގަޅަށެވެ.

އަދި އިންތިހާބާ ގުޅޭ ކުދި ކުދި މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށާއި ނަމަވެސް ވޯޓުގެ ސައްހަކަމަށް ސުވާލު އުފެދޭވަރުގެ މައްސަލައެއް ފާހަގަނުކުރެވޭ ކަމަަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެފަދަ ކުދި މައްސަލަތަކުގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި އީސީން ދޫކުރާ ކަރުދާސް ނޫން ކަރުދާސް ބޭނުންކުރުން ހުއްޓުވުމަށް ވޯޓުލާ ބޫތު ބަހައްޓާ ގޮތް މި އިންތިހާބުގައި ބަދަލުކޮށްފައި ހުރުމެވެ.

ޓްރާންސްޕޭރެންސީން ބުނީ މަރުކަޒުތަކުގެ ލޭއައުޓްތައް އެއްގޮތަކަށް ހުރި ނަމަވެސް އެކި މަރުކަޒުތަކުގެ ކުޑަބޮޑުމިން ތަފާތުވުމުން ބައެއް މަރުކަޒުތަކުގައި މަންދޫބުންނާއި އޮބްޒާވަރުން އަދި މޮނީޓަރުން ތިބެންޖެހުނީ ބޫތާ ކައިރީގައި ކަމަށާއި އޭގެ ސަބަބުން ވޯޓުކަރުދާހުގައި ފާހަގަޖަހާ މަންޒަރު ފެނުމުގެ ފުރުސަތު އޮތް ކަމަށެވެ.

ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ދާއިރާތަކުގައި ވޯޓުލުމަށް ހޭލުންތެރިކުރުން އިތުރުކުރުމުގެ ހަރަކާތްތައް ވެސް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންގޮސްފައި ނުވެ އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އީސީން ފޯރުކޮށްދިން އެފަދަ މައުލޫމާތުތައް ލިބެންޖެހޭ ފަރާތްތަކަށް ލިބުނުކަން ޔަގީން ނުވާކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

ބައެއް ސިޔާސީ ހަރަކާތްތަކުގައި އާއްމުންގެ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެ ރިޕޯޓުގައި ބުނީ ކެމްޕެއިން އުސޫލުތަކާ ހިލާފުވެ ހަމަނުޖެހުން ހިންގައި މުދަލާއި ތަކެއްޗަށް ގެއްލުންދިނުމުގެ އެކި ހާދިސާތަކާއި ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ކެންޑިޑޭޓަކަށް ހަމަލާދިނުމާއި ސޯޝަލް މީޑިއާގައި ކެންޑިޑޭޓަކަށް މަރުގެ އިންޒާރު ދިންކަމުގެ މައްސަލައެއް ވެސް ފާހަގަކުރެވުނު ކަމަށެވެ.

ޓްރާންސްޕޭރެންސީގެ މި ރިޕޯޓުގައި ވަނީ މިފަދަ މައްސަލަތައް ހައްލުކުރަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފަ އެވެ. އަދި ދެ ވަނަ ބުރުގެ އިންތިހާބުގައި ވޯޓު ކަރުދާހުގެ ސިއްރު ނުގެއްލޭނެ ގޮތަކަށް ވޯޓު މަރުކަޒުތަކުގެ ލޭއައުޓް ބަދަލުކޮށް ޖާގަ ތަނަވަސް ތަންތަނަށް މަރުކަޒުތައް ބަދަލުކުރުމަށާއި ކަރުދާހުގައި ފާހަގަޖަހާ ވަގުތު ފޮޓޯ އަދި ވީޑިއޯ ނުނަގާކަން ކަށަވަރުކުުރުމަށް ޓްރާންސްޕޭރެންސީން ވަނީ ލަފާދީފަ އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.