Advertisement

ފޮޓޯ: ސޯޝަލް މީިޑިއާ

14 Sep 2023
ޚަބަރު

ފުރަތަމަ ބުރުގައި ލޮލަށް ނުފެންނަ 45 މީހަކު ޓެންޕްލޭޓް ބޭނުންކޮށްގެން ވޯޓު ލި

ލޯފަން މީހުންނަށް ވޯޓުލުމަށް ހާއްސަކޮށްފައިވާ ޓެންޕްލޭޓް ބޭނުންކޮށްގެން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 45 މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި އެވެ.

ލޮލަށް ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓުލާން ޖެހެނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ. އެހެން ނަމަވެސް މިއަހަރު ގާނޫނަށް ގެނެވުނު އިސްލާހާ އެކު ޕްލާސްޓިކް ޓެމްޕްލޭޓެއް ބޭނުންކޮށްގެން އެ ފަރާތްތަކަށް އަމިއްލައަށް ވޯޓުލެވޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ. މިއީ އެ ފަރާތްތަކަށް ލިބިގެންދިޔަ ބަޔާންކުރަން ނޭންގޭފަދަ ބޮޑު އުފަލެއްގެ ގޮތުގައި ލޯފަން މީހުން ވަނީ ބުނެފައެވެ. އަދި މިކަމަށްޓަކައި އެ ފަރާތްތަކުން ވަނީ މި ސަރުކާރަށް ނިހާޔަތައް ޝުކުރު ދަންނަވާފައެވެ.

ލޯފަން މީހުންގެ ޖަމިއްޔާއިން ދިޔައީ ލޯފަން މީހުންނަށް އަމިއްލައަށް ވޯޓް ލުމުގެ ހައްގު ހޯދައިދިނުމަށް 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން ނެވެ.  ނަމަވެސް އެކަން މި ފަހިވެގެންދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައެވެ.

އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު މި އިންތިހާބުގައި ވޯޓު ލެވޭ އިންތިޒާމް ހަމަޖައްސާފައި ވާތީ ބައިނަލްއަގްވާމީ އޮބްޒާވަރުން ވެސް ވަނީ އީސީއަށް ތައުރީފްކޮށްފަ އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.