Advertisement

17 Sep 2023
ޚަބަރު

އިދިކޮޅުން ވެރިކަމަށް އައިސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް އޮތީ ހަދާފައި: އިމްރާން

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިނަމަ ޖަލަށް ލާނެ މީހުންގެ ލިސްޓެއް މިހާރުވެސް ހަދާފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ކެންޕެއިން ޖަލްސާގައި އިމްރާން ވިދާޅުވީ ރާއްޖެ ހަރާބުގެ ތެރެއަށް ދޫކޮށްލާކަށް ދުލެއް ނުކުރާނެ ކަމަށެވެ. ސަރުކާރު ބަދަލުވެއްޖެނަމަ ދެން އޮތީ އަނިޔާވެރި ވެރިކަމެއް ކަަމަށް ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އަނިޔާވެރި ވެރިކަމެއް އުފެދިއްޖެނަމަ ދެން ވާނެ ގޮތް ހުރިހާ ރައްޔިތުންނަށްވެސް އެނގޭ ކަމަށެވެ.

އެހެން ކަމުން އިންތިހާބުގެ ދެވަނަ ބުރުގެ ކުރިއަށް ދެން އޮތް 13 ދުވަހަކީ މުސްތަގުބަލު ކަނޑައެޅުމަށް އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ހޯދައިގެން މަސައްކަތް ކުރަން ޖެހޭ ދުވަސްތަކެއް ކަމަށާ ބުއްދިވެރި އެއްވެސް އިންސާނަކު އެފަދަ ދުވަސްތަކެއް ދެކެން ދޫކޮށްލުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ.

ވެރިކަމުގެ ފުރަތަމަ މަސްތެރޭ ޖަލަށްލާނެ މީހުންނާއި ދެވަނަ މަސްތެރޭ ޖަލަށް ލާނެ މީހުންނާއި ދައުރުގެ ތެރޭގައި ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހައްދަވާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ލިސްޓްތައް އެބަ ހުއްޓޭ އިނގޭތޯ ފުރަތަމަ މަސްތެރޭ ޖަަލަށްލާންވީ މީހުން، ދެވަނަ މަސްތެރޭ ޖަލަށްލާންވާ މީހުން. ދައުރު ނިމޭއިރު ޖަލަށްލަންވާ މީހުން. ލިސްޓް އެބަހުއްޓޭ އިނގޭތޯ. މިކަން ދަނީ މިހެންނޭ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އިމްރާން ވިދާޅުވީ މުއިއްޒުއާއެކު މި ގައުމު ދާނީ ވަރަށް ބޮޑު ބައިބައިވުމަކާއި ފިތުނައެއްގެ ތެރެއަށް ކަމަށެވެ. އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން އެމްޑީޕީއާ އެކު އޮތް ހަމައެކަނި ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާ ބޭފުޅަކަށްވާތީ ކަމަށެވެ. އެހެންވެ އެމްޑީޕީގެ މެމްބަރުން އެކަން އިތުރަށް ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.