Advertisement

10 Sep 2023
ޚަބަރު

2 ވަނަ ބުރައް ތައްޔާރުވާން ފަށައިފިން: ރައީސް

އިންތިހާބުގެ 2 ވަނަ ބުރަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ބަޔަކާއި ގުޅިވަޑައިގަންނަވަން ޖެހޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ރޭ އިންތިހާބުގެ ވަގުތީ ނަތީޖާ ސާފުވިތާ ކުޑައިރުކޮޅެއްފަހުން އެމަނިކުފާނުގެ ރަސްމީ ކެމްޕޭން އޮފީސް ހުންނަ ޝައިންޓްރީއިމާރާތުން ނުކުމެވަޑައިގެންނެވި ވަގުތު ބޭރުގައި ތިބި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިއީ އުންމީދު ކުރެއްވި ނަތީޖާތޯ ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ، ވިސްނިފައި ނެތް ބައެއް ކަންތައްތައް އެބަހުރިކަމަށެވެ. އެކަންކަމަށް 2 ވަނަ ބުރަކަށް ތައްޔާރުވާއިރު ވިސްނާވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ކޮންމެ ގޮތެއްވިއަސް ބަޔަކާއި އެކީގައި ބައިވެރިވާންޖެހޭނެ. އަޅުގަނޑު ހިތުން ޕީޕީއެމްވެސް (ބަޔަކާއި ގުޅުމަށް) މަސައްކަތް ކުރާނެ. އަޅުގަނޑުމެންވެސް ކުރާނެ.” ރައީސް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހްއަށް ލިބިވަޑައިގަތީ 85900 އެއްހައި ވޯޓެެވެ. މިއީ ވޯޓުލީ މީހުންގެ %39.09 އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.