Advertisement

12 Sep 2023
ޚަބަރު

އިންތިހާބު ދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކު: ކޮމަންވެލްތް ގްރޫޕް

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކުރިއަށްދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކުގައި ކަމަށް މިއިންތިޚާބު އޮބްޒާވްކުރި ކޮމަންވެލްތު ގްރޫޕުން ބުނެފިއެވެ.

ރާއްޖޭގައި އިންތިޚާބު އޮބްޒަރކުރި ކޮމަންވެލްތު ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝޭޝެލްސްގެ ކުރީގެ ރައީސް އަދި އިންތިޚާބުގައި ކޮމަންވެލްތު އޮބްސަރވާ ގްރޫޕްގެ ޗެއަރކަން ކުރެއްވި ޑެނީފޯ ވިދާޅުވީ، އިންތިޚާބު އޮބްޒާވްކޮށްފައިވަނީ ނޭޝަނަލް ކޮމަންވެލްތު އުސޫލާއި އެއްގޮތަށްކަމަށެވެ.

އޭނާ ވިދާޅުވީ، ހޮނިހިރު ދުވަހުގެ އިންތިޚާބުގެ ވޯޓުލުން ހުރިހާ މަރުކަޒުތަކެއްގައިވެސް ގަޑިއަށް ފެށިކަމަށެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ތިބި ވެރިންވެސް ވަނީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓުލުމަށް އައި މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަވަސްކަމާއިއެކު ވޯޓުލުމުގެ މަގު ފަހިކޮށްދީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ކޮމަންވެލްތު ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ. އަދި ލޯފަން މީހުންނަށް ފުރަތަމަ ފަހަރަށް އަމިއްލަ އިހްޚްތިޔާރުގައި ވޯޓުލުމުގެ ހައްޤު ލިބިގެންދިޔަކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އިންތިހާބުގައި ފާހަގަވި ރަނގަޅުކޮށްލަންޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި ކޮމަންވެލްތް ގްރޫޕުން ފާހަގަކޮށްފައިވަނީ ވޯޓުލާ ބޫތު މަންދޫބުންނާއި އޮބްޒާވަރުންނާ މާކައިރީގައި ހުރުމުން ވޯޓުގެ ސިއްރު ހިފެހެއްޓުމަށް ދަތިވި ކަމަށެވެ. އަދި ބާތިލު ވޯޓު ގިނަކަމުން މިކަމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް އެ ގްރޫޕުން ވަނީ ބާރުއަޅާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.