Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

11 Sep 2023
ޚަބަރު

އިދިކޮޅުގެ ދޮގު ވާހަކަތަކަށް ރައްދު ނުދެވުމަކީ ދިމާވި މައްސަލައެއް: ރައީސް

އިދިކޮޅުން ފެތުރި ދޮގުތަކަށް ރައްދުނުދެވުމަކީ ކެންޕެއިންގައި ދިމާވި އެންމެ ބޮޑު މައްސަލަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، ދެވަނަ ބުރުގައި ހާމަކުރެވެންހުރި ހުރިހާ އެއްޗެއް ހާމަކޮށް އިތުރަށް ހަގީގަތް އޮޅުންފިލުވައިދެއްވާނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ، ރާއްޖެ ޓީވީއަށް ދެއްވި ފޯނު އިންޓަވިއުއެއްގައެވެ.

ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަން ގެއްލުވާލަން ސަރުކާރުން މަސައްކަތް ކޮށްފައި ހުރިކަމަށް ބުނެ ދޮގުތައް އިދިކޮޅުން ކެމްޕޭނު ތެރޭގައި ފަތުރާފައިވާ ކަމަށެވެ. މިގޮތައް އިޝާރާތްކުރެއްވީ ދެ ވަނަ ދައުރަކަށް އެ މަނިކުފާނު އިންތިހާބު ވެއްޖެ ނަމަ، ރާއްޖެ އިންޑިއާގެ "ސްޓޭޓަކަށް" ވެގެންދާނެ ކަމަށް ފެތުރި ދޮގު ވާހަކަތަކަށެވެ. 

"އެއީ އެންމެ ބޮޑު ޗެލެންޖު ފުރަތަމަ ބުރުގައި، އިރާދަކުރެއްވިއްޔާ މި ބުރުގައި ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް އަޅުގަނޑުމެން ރައްޔިތުންނަށް ހާމަކޮށްދޭނަން، އެއީ ދޮގު ކަމަށް، އޭގަ ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސަރަހައްދުގެ ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްފަ ނޯންނާނެ ކަން،" ރައީސް ވިދާޅުވިއެވެ.

ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާއިރު، ގިނަ ދާއިރާތަކެއްގައި، އެމްޑީޕީއަށް ވޯޓު ދޭނެ ކަމަށް ބުނެފައިވާ މީހުން ނެރެވިފައި ނެތް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އެންމެ ގިނަ ވޯޓު ލިބުނީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. އޭނާއަށް ވޯޓުލީ މީހުންގެ 101،613 ލިބުނުއިރު އެއީ 46 އިންސައްތަ އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.